ރާއްޖޭން ބޭރުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް މާލީ ގޮތުން ބޮޑެތި ލުއިތަކެއް ހޯދައިދިނުމުގެ ގޮތުން، ޑެބިޓް ކާޑު ބޭނުންކޮށްގެން އޭޓީއެމްތަކުން ފައިސާ ނަގާއިރު ނަގަމުން އައި "ކްރޮސް ބޯޑަރ" ފީ ނެގުން ހުއްޓާލަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ.
ބީއެމްއެލް އިން ބުނީ މިރެއިން ފެށިގެން ރާއްޖޭން ބޭރުގައި ބީއެމްއެލް ޑެބިޓް ކާޑު ބޭނުންކޮށްގެން އޭޓީއެމްތަކުން ފައިސާ ނަގާއިރު، މީގެ ކުރިން ނަގަމުން އައި ކްރޮސް ބޯޑަރ ފީ ނުނަގާނެ ކަމަށެވެ.
މި ނިންމުމާއެކު، ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންގެ ދިރިއުޅުމުގެ ޚަރަދުތަކާއި ތައުލީމީ ބޭނުންތަކަށް ކަނޑައަޅާފައިވާ މަހަކު 1200 ޑޮލަރުގެ ލިމިޓް، އެއްވެސް އިތުރު ޚަރަދަކާ ނުލައި ފުރިހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދާނެއެވެ. މިއީ ބޭރު ގައުމުތަކުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށާއި އެ ދަރިވަރުންގެ އާއިލާތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ކްރޮސް ބޯޑަރ ފީ ނުވަތަ "އޮޕްޝަނަލް އިޝުއަރ ފީ" އަކީ ކާޑު ދޫކޮށްފައިވާ ބޭންކުން، ބޭރު ފައިސާގެ މުއާމަލާތްތަކުން ނުވަތަ ރާއްޖެއިން ބޭރުގައި ކުރެވޭ މުއާމަލާތްތަކުން ނަގަމުން އަންނަ ފީއެކެވެ. މިއީ ކާޑު ލިންކުކުރެވިފައިވާ އެކައުންޓުގެ އަސްލު ފައިސާ ނޫން އެހެން ފައިސާއަކުން ވިޔަފާރިއެއް ކުރުމުން ނުވަތަ އޭޓީއެމުން ފައިސާ ނެގުމުން، ވިސާ ނުވަތަ މާސްޓަރކާޑު ފަދަ ބައިނަލްއަގުވާމީ ޕޭމަންޓް ނެޓްވޯކްތައް މެދުވެރިކޮށް އެ މުއާމަލާތެއް ޕްރޮސެސް ކުރުމަށް ހިނގާ ޚަރަދުތައް ފޫބެއްދުމަށް، މުއާމަލާތުގެ ޖުމްލަ އަދަދުން ވަކި އިންސައްތައެއް ބޭންކުން ނަގާ ފީއެކެވެ.
މި ފީއަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ހުރިހާ ބޭންކުތަކަކުންވެސް މިފަދަ މުއާމަލާތްތަކަށް ނަގަމުން އަންނަ ފީއެއް ކަމަށާއި، ބީއެމްއެލްއިން ކާޑުގެ ޚިދުމަތް ތަޢާރަފުކުރީއްސުރެ މިއަދާ ހަމައަށްވެސް މި ފީ ނަގަމުން އައިސްފައިވާ ކަމަށް އެ ބޭންކުން މައުލޫމާތުދެއެވެ. ނަމަވެސް، މި ފީ ކަނޑާލާފައި މިވަނީ ކިޔަވާ ދަރިވަރުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު