ކޯވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ހޯދުމަށް ހެލްތް މިނިސްޓްރީން ހިންގާފައިވާ މުއާމަލާތްތަކާ ގުޅޭ މައްސަލަ އަލުން ރިވިއު ކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ކިބައިން އެދެން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ވެސް ފާސްކޮށްފިއެވެ.
ކޮމިޓީއިން މިގޮތަށް ނިންމާފައި މިވަނީ އެ މައްސަލާގައި ދައުވާ ކުރާނެ މިންވަރަށް ހެކި ނެތް ކަމަށް ބުނެ ދަޢުވާ ނުކުރުމަށް ޕީޖީ ނިންމާފައި ވަނިކޮށެވެ. އެކަމާ ގުޅިގެން ގިނަ ފާޑުކިޔުންތަކެއް އޭސީސީއަށް އަމާޒުވެ، އެ ކޮމިޝަންގެ އިތުބާރު ނެތްކަމަށް ފާސް ކުރަންވެސް މަޖިލީހުން މަސައްކަތް ފެށިއެވެ. ނަމަވެސް އޭސީސީއިން ވަނީ ދައުވާ ކުރާނެ ވަރަށް ހެކި ހުންނާނެ ކަމަށް ބުނެ ޕީޖީއަށް ރައްދުދީފައެވެ.
އޭސީސީއިން ވެސް މިހާރު ވަނީ ވެންޓިލޭޓަރު މައްސަލަ ރިވިއުކޮށް ދިނުމަށް އެދި ޕީޖީއަށް ފޮނުވާފައެވެ. މި މައްސަލަ ޖުޑިޝަރީ ކޮމިޓީއިން ބެލިއިރު ޕީޖީ ވެސް ހާޒިރުކުރިއެވެ. ނަމަވެސް އެ ބައްދަލުވުން ގެންދިޔައީ ސިއްރުކޮށްގެންނެވެ. ވެންޓިލޭޓަރ މައްސަލައިގައި އެއްވެސް މީހަކަށް ދައުވާ ނުކުރަން ޕީޖީން ނިންމިއިރު އެކަމާއި ގުޅިގެން ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ އޭސީސީން ތަހުގީގުކޮށް ދައުވާ ކުރުމަށް ފޮނުވާފައި އޮތް މައްސަލައިގައި ކޯޓަށް ސާބިތު ކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށެވެ.
ވެންޓިލޭޓަރު މައްސަލާގައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭ ގޮތަށް 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕީޖީ އޮފީހުގައި އެދުނެވެ.
ޑުބާއީގެ އެގްޒެކިއުޓަރސްއާ އެކު އޭޕްރީލް މަހުގެ 2 ގައި ގަންނަން އެއްބަސްވި 75 ވެންޓިލޭޓަރުގެ ތެރެއިން މިހާތަނަށް ލިބިފައިވަނީ 10 ވެންޓިލޭޓަރެވެ. ބާކީ 65 ވެންޓިލޭޓަރ އަދި ރާއްޖެއަށް ގެނެސްފައެއް ނުވެއެވެ. އެތަކެތި އަންނާނެ ކަމަށް ގިނަ ތާރީޚުތަކެއް ދީފައިވީނަމަވެސް އަދި އެތަކެތި ވީހިސާބެއް ވެސް ހެލްތު މިނިސްޓްރީގެ ކަމާބެހޭ ފަރާތްތަކަށް ވިދާޅުވާކަށް ނޭނގެއެވެ. ކަންމިހެން އޮތް ކަނަމެވެސް ހެލްތު މިނިސްޓްރީން ވަނީ އެއްބަސްވުމުގެ 90 އިންސައްތަ ފައިސާއަށްވާ 30 މިލިއަން ރުފިޔާ އެކުންފުންޏަށް އެޑްވާންސްކޮށް ދީފައެވެ.
އެ މައްސަލާގައި ދައުވާ ނުކުރަން ޕީޖީއިން ނިންމި ފަހުން ކުރިމަތިވި ޕްރެޝަރާއެކު އަމީން ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އޭގެ ފަހުން ހެލްތް މިނިސްޓަރުގެ މަޤާމަށް އެމްޑީޕީގެ އިސް މެންބަރެއްކަމަށްވާ އަހުމަދު ނަސީމު، ކެރަފާ ނަސީމް ވަނީ އައްޔަން ކޮށްފައެވެ. މިއާއެކު ގިނަ މީހުން ބުނަނީ އަމީނާއެކު ހެދި "ޑީލް" މިހާހިސާބުން ނިމުނީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު