އެމް.ޑީ.އެންގެ ރިޕޯޓް ތައްޔާރުކުރުމުގައި އިސްކޮށް ޙަރަކާތްތެރިވި ޝަހިންދާ އިސްމާޢީލް ރައްޔިތުންގެ މަޖިލީހުގެ ފޯރަމެއްގައި ބައިވެރިކުރުން ކުށްވެރިކޮށް ރައްޔިތުންގެ އިއްތިހާދުން ނޫސް ބަޔާނެއް ނެރެފިއެވެ.
ދީނީ ބައެއް ޖަމިއްޔާ ތަކާއި މަދަނީ ބައެއް ޖަމިއްޔާ ތަކުގެ ނަމުގައި ވާހަކަ ދައްކަމުންދާ އިއްތިހާދުގެ ބަޔާނުގައި ވަނީ އެމް.ޑީ.އެންގެ ޖަރީމާ ހިންގި މީހުންނަށް ޤާނޫނި ފިޔަވަޅު އެޅުމަށްޓަކައި ރައްޔިތުން ތެދުވެ އެމަސައްކަތުގައި އުޅޭތާ އަހަރު ފުރިގެން ދަނިކޮށް، 27 އޮކްޓޯބަރ 2020 ވީ އަންގާރަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގައި އިންތިޤާލީ އިންސާފުގެ ބިލަށް އާއްމުންގެ ޚިޔާލު ހޯދާ ބޭއްވި ޖަލްސާގައި، އެމް.ޑީ.އެންގެ ޝަހިންދާ އިސްމާޢިލް ރާއްޖެއިން ބޭރުގައި ފިލައިގެން އުޅެނިކޮށް ބައިވެރިކުރި ކުރުމަކީ، އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ދިވެހިރައްޔިތުންނަށް ކުރި ފުރައްސާރައެއް ކަމުގައި އެ އިއްތިޙާދުން ދެކޭ ކަމަށެވެ.
މި ޢަމަލަކީ، ފުލުހުން ހޯދަމުންދާކަމަށް ބުނެ އިއުލާނު ކޮށްފައިވާ އެމް.ޑީ.އެންގެ ބޮޑުންގެ ތެރެއިން ޝަހިންދާ އިސްމާޢީލަށް ފުރުސަތު ދޭންވެގެން ގަސްތުގައި ކުރިއާލާ ރާވައިގެން ލާދީނީ ވިސްނުމުގެ ގާތް އަޢުވާނުންކޮޅެއް ހިމަނައިގެން ފޯރަމެއްގެ ނަމުގައި ރައްޔިތުން ރުޅިއަރުވައި ޖެއްސުންކޮށް ޤައުމު ހަލަބޮލި ކުރުމަށް މިދަނޑިވަޅުގައި ހިންގި ހުތުރު ޢުދުވާނެއް ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ. އަދި އެކަމަށް އިންތިހާއަށް އިންކާރުކޮށް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާކުރާކަމަށްވެސް އެބަޔާނުގައި ބުނެފައި ވެއެވެ.
އަދި ޝަހިންދާ އަކީ "އިންސާނީ ޙައްޤުތަކުގެ" ނަންބޯޑު ހިފައިގެން ހުރެ، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނާއި ޤަވާޢިދަށް ތަކުރާރުކޮށް ގޮންޖަހައި މުސްލިމު މުޖުތަމަޢު ފަސާދަކުރަން މަސައްކަތް ކުރާ މީހެއްކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
މަޖިލީހުން ބޭއްވި ފޯރަމްގައި ޝަހިންދާ ބައިވެރިކުރި ކުރުމަކީ އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމްދީނަށް ފުރައްސާރަކޮށްފައި ހުއްޓަސް އެއީކީ މައްސަލައެއް ނޫންކަމަށް މަޖިލީހުން ދެކޭކަން ބޭރުގެ ދުނިޔެއަށް ދައްކައި، ދިވެހި އިސްލާމީ ދައުލަތުގެ ނަމާއި ޤާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ހައިބަތު ކިލަނބު ކުރުމަށް ހިންގި ޤާނޫނާއި ޚިލާފު ނޭއްގާނީ ޢަމަލެއް ކަމުގައި އެބަޔާނުގައި ސިފަކޮށްފައި ވެއެވެ. އަދި އެފަދަ ފަސާދަ ކުރަނިވި ފިތުނަތައް ދެން އިތުރަށް ހިންގިޔަ ނުދިނުމަށްޓަކައި، މާތް ﷲ ގަންދީ ކޮށްގެން ތިއްބެވި ހުވަޔަށް ވަފާތެރިވެ އެކަން ސާބިތުކޮށް ދެއްވުމަށް ރައްޔިތުންގެ މަޖްލީހުގެ މެންބަރުންނަށް ރައްޔިތުންގެ އިއްތިހާދުގެ ނަމުގައި ނެރެފައިވާ ބަޔާނުގައި އިލްތިމާސް ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު