ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، އިސްލާމްދީން ގަބޫލުކުރުމަކީ ދިވެހި ތާރީހުގައި ދިވެހިން ނިންމި އެންމެ އިންގިލާބީ އަދި މުހިންމު ނިންމުން ކަމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
އަދި ދިވެހިންގެ މާޒީގެ ސަފުހާތަކުން ކަށަވަރުވަނީ ކާބަފައިންނަކީ ހުރިހާ ދާއިރާއަކުންވެސް އިންތިހާއަށް ގާބިލު، ހިކުމަތްތެރި ބައެއްގެ ގޮތުގައި ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
ހިޖުރައިން 553 ވަނަ އަހަރުގެ ރަބީއުލްއާހިރު މަހު ދިވެހިން އިސްލާމްދީން ގަބޫލުކުރުމާ އެކު، ގައުމުގެ އިޖުތިމާއީ އަދި ސަގާފީ މިންގަނޑުތަކަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް އައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން އަދަބު އިހުތިރާމް އަދާކުރުމާއި، އިންސާފު ގާއިމުކުރުމުގެ އުސޫލުތަކާއި، މެހުމާންދާރީގެ އާދަކާދަތަކުގެ އިތުރުން އާއިލީ ގުޅުންތައް އިސްލާމީ ހަމަތަކަށް ބައްޓަންވެ، އަމިއްލަ އިސްލާމީ ހަޟާރަތެއް ރާއްޖޭގައި ބިނާވެގެންދިޔައެވެ. މި ހަޟާރަތުގެ ފުރިހަމަކަން މިއަދުވެސް ފެންނަން ހުރި ހިރިގަލު މިސްކިތްތަކުން ހެކިދޭ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
ތާރީހީ އަދި އާކިއޮލޮޖިކަލް ހޯދުންތަކަށް އަލިއަޅުއްވާލައްވަމުން ހީނާ ވިދާޅުވީ، ރާއްޖެއަކީ އެތައް ހާސް އަހަރެއްވީ މުއްސަނދި ތާރީހެއް އޮތް ދައުލަތެއްކަން އެނގޭ ކަމަށެވެ.
އެހެންކަމުން އިސްލާމްދީނުގެ ސަބަބުން އައި ބަދަލުތައް އިތުރަށް ދެނެގަތުމަށް ދިރާސާތައް ކުރުމުގެ ގާބިލުކަން ހުރި މީހުން ބިނާކުރުމަށް ސަރުކާރުން އިސްކަންދޭކަން ހާމަކުރެއްވިއެވެ. މީގެއިތުރުން ދިވެހި ގައުމިއްޔަތު އިއާދަކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހާއްސަ ސިޔާސަތުތަކަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
ނިންމަވާލައްވަމުން މިނިސްޓަރު ފާހަގަކުރެއްވީ، ރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ދެމިއޮތުމުގެ އެންމެ ބޮޑު ސިއްރަކީ އިސްލާމީ އަގީދާ ކަމަށެވެ.
އަދި ގައުމީ އަބްތާލުން ގުރުބާނީތައް ވެވަޑައިގަތީވެސް މި ދީނުގެ ހައްގުގައިކަން ހަނދާންކޮށްދެއްވަމުން، ދުނިޔެއަށް އަންނަ ބަދަލުތަކާއެކު ކުރިމަތިވާ ނުރައްކާތަކުން ރައްކާތެރިވެ، އިސްލާމީ ހިދާޔަތުގެ މަތީގައި ގައުމު ސާބިތުކަންމަތީ ބޭއްވުމަށް އެންމެން އަޒުމު ކަނޑައަޅަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު