ކުޑަ ކުދިންނަށް ކުރާ ޖިންސީ އަނިޔާއާއި ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެރެއިން (ފޮޓޯ: ސޯޝަލް މިޑިއާ)
ކުޑަ ކުދިންނަށް ކުރާ ޖިންސީ އަނިޔާއާއި ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެރެއިން (ފޮޓޯ: ސޯޝަލް މިޑިއާ)
ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް އެ ސަރވިސް އަށް ހުށައަޅާފައިވާ ކަމަށެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު ހުށައަޅާފައިވާ އެ މައްސަލައާ ގުޅިގެން ރޭ ކޯޓް އަމުރެއްގެ ދަށުން 49 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ވަރަށް ސީރިއަސް ގޮތެއްގައި ބަލަމުންދާނެ ކަމަށެވެ.

އަދި ކުއްޖާގެ ވަނަވަރު ރައްކާތެރި ކުރުމުގެ ގޮތުން އެ ކުއްޖާ ނިސްބަތްވާ ރަށް އަދި އަތޮޅު ހާމަނުކުރާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން