އިންޑިއަން ކޯސްޓްގާޑް ޝިޕް "އައިސީޖީއެސް ސަންކްލަޕް"
އިންޑިއަން ކޯސްޓްގާޑް ޝިޕް "އައިސީޖީއެސް ސަންކްލަޕް"
އިންޑިއާގެ ނޭވީއާއި ރާއްޖޭގެ އެމްއެންޑީއެފް ކޯސްޓްގާޑާއި ގުޅިގެން ސިލްސިލާކޮށް ހިންގާ ސަރފޭސް ސަވައިލަންސް ޕެޓްރޯލެއްގައި ބައިވެރިވުމަށް އިންޑިއަން ކޯސްޓްގާޑް ޝިޕް "އައިސީޖީއެސް ސަންކްލަޕް" މިއަދު ރާއްޖެ އަތުވެއްޖެއެވެ.

އައިސީޖީއެސް ސަންކްލަޕް ރާއްޖެއަށް ކުރާ މި ދަތުރުގައި، މި މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން ސަރފޭސް ސަވައިލަންސް ޕެޓްރޯލް ކުރާގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއެވެ.



އެމްއެންޑީއެފުން ބުނީ މިއީ ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން ހިންގާ 71 ވަނަ ސަރފޭސް ސަވައިލަންސް ޕެޓްރޯލް ކަމަށެވެ. 2009 ވަނަ އަހަރު ފަށާފައިވާ މި ސާވޭލަންސް ޕެޓްރޯލަކީ، ރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަޙައްދެއްގައި ސިލްސިލާކޮށް ހިންގަމުންދާ ހަރަކާތެއް ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

މި ޕެޓްރޯލްގައި ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަޙައްދުގައި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ކަނޑުމަތީގެ އެއްވެސް ޙަރަކާތެއް ހިނގާތޯ ބެލުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން