ދުވާފަރު މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިޔަށް ދަނީ (ފޮޓޯ: އެމްޓީސީސީ)
ދުވާފަރު މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިޔަށް ދަނީ (ފޮޓޯ: އެމްޓީސީސީ)
ރ. ދުވާފަރު މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ އެ ކުންފުނީގެ މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށް ގެންދަނީ އެރަށެއްގަ ދިރިއުޅޭ ރައްޔިތުންނާއި، ކްލައިންޓާއި ސްޓޭކްހޯލްޑަރސްގެ އެއްބާރުލުމާއެކު ކަމަށެވެ.



މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ ދަށުން، ފައިމަގުގައި ހިނގޭ ގޮތަށް 6813.08 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 25،513 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

12 ޖޫން 2019 ގައި މޮބިލައިޒް ކުރެވިފައިވާ މި މަޝްރޫޢަކީ 47.04 މިލިއަން ރުފިޔާގެ މަޝްރޫޢު އެކެވެ.

އެމްޓީސީން އަންނަނީ ރާއްޖޭގެ ގިނަ ޢަދަދެއްގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގައި މާލީގޮތުންވެސް ބޮޑެތި ކުރިއެރުންތަކެއް ޙާސިލްކުރަމުންނެވެ. އެގޮތުން މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ވަނީ ސާފު ފައިދާގެ ގޮތުގައި 51 މިލިއަން ރުފިޔާ ލިބިފައި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން