ދ. ހުޅުދެލި ބަނދަރު ތަރައްޤީ ކުރުމާއި ކ. ދޫނިދޫ ބަނދަރުގެ މަޝްރޫޢުގެ މަސައްކަތް ބާރަށް ކުރިއަށް ދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ 25 ޖޫން 2020 ގައި މޮބިލައިޒް ކޮށްފައިވާ ދ. ހުޅުދެލި ބަނދަރު ތަރައްޤީ ކުރުމުގެ ތެރެއިން ބަނދަރަށް އަލަށްއިތުރުކުރެވޭ ސަރަޙައްދު ފުންކުރުމުގެ މަސައްކަތުގެ 55 ޕަސެންޓް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 45،585 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 432 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 277 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 60 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި މަގު ބައްތި ހަރުކުރުމާއި، 2،160 އަކަ މީޓަރުސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 39.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މީގެ އިތުރުން ކ. ދޫނިދޫ ބަނދަރު ތަރައްޤީ ކުރުމާއި ބިންހިއްކުމުގެ މަޝްރޫޢުގެ މަސައްކަތްވެސް ކުރިއަށް ދާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
އެމްޓީސީސީން ބުނީ 21 ސެޕްޓެމްބަރ 2020 ގައި މޮބިލައިޒް ކޮށްފައިވާ މި މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 39 އިންސައްތަ ނިމިފައިވާ ކަމަށެވެ.
51.48 މިލިއަން ރުފިޔާގެ މިމަޝްރޫޢުގެ ދަށުން 3.75 ހެކްޓަރުގެ ބިން ހިއްކައި 620 މީޓަރުގެ ދިގު ރިވެޓްމަންޓް ކޯއަކާއި 250 މީޓަރުގެ ކުއޭ ވޯލްއެއް ލާނެ ކަމަށް އެމްޓީސީސީން މަޢުލޫމާތު ދެއްވައެވެ.
އެމްޓީސީސީން މިހާރުވެސް ގެންދަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.

ދ. ހުޅުދެލި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 23 ޕަސެންޓް މިހާރުވަނީ ނިމިފައި. މި މަޝްރޫޢުގެ ތެރެއިން ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމުގެ މަސައްކަތުގެ 55 ޕަސެންޓް ވަނީ ނިމިފައި. މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 25 ޖޫން 2020 ގައި. pic.twitter.com/eXTYShWRtx
— MTCC Plc (@MTCCPlc) November 2, 2020
މި މަޝްރޫޢުގެ ދަށުން، 45،585 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 432 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 277 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 60 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި މަގު ބައްތި ހަރުކުރުމާއި، 2،160 އަކަ މީޓަރުސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 39.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކ. ދޫނިދޫ ބަނދަރު ތަރައްޤީ ކުރުމާއި ބިންހިއްކުމުގެ މަޝްރޫޢުގެ މަސައްކަތުގެ %10 ވަނީ ނިމިފައި. މި މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ %39 ވަނީ ނިމިފައި. މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 21 ސެޕްޓެމްބަރ 2020 ގައި. pic.twitter.com/qUh4Yg6Xld
— MTCC Plc (@MTCCPlc) November 2, 2020
މީގެ އިތުރުން ކ. ދޫނިދޫ ބަނދަރު ތަރައްޤީ ކުރުމާއި ބިންހިއްކުމުގެ މަޝްރޫޢުގެ މަސައްކަތްވެސް ކުރިއަށް ދާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
އެމްޓީސީސީން ބުނީ 21 ސެޕްޓެމްބަރ 2020 ގައި މޮބިލައިޒް ކޮށްފައިވާ މި މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 39 އިންސައްތަ ނިމިފައިވާ ކަމަށެވެ.
51.48 މިލިއަން ރުފިޔާގެ މިމަޝްރޫޢުގެ ދަށުން 3.75 ހެކްޓަރުގެ ބިން ހިއްކައި 620 މީޓަރުގެ ދިގު ރިވެޓްމަންޓް ކޯއަކާއި 250 މީޓަރުގެ ކުއޭ ވޯލްއެއް ލާނެ ކަމަށް އެމްޓީސީސީން މަޢުލޫމާތު ދެއްވައެވެ.
އެމްޓީސީސީން މިހާރުވެސް ގެންދަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު