ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ހަރުކަށި ފިކުރުގެ މީހުން ބޭނުންވަނީ އަންހެނުން ގޭގައި ބޭތިއްބުމަށް ކަމަށް ވިދާޅުވެ އަންހެން ޓެކްސީ ޑްރައިވަރުގެ ކާރަށް ގެއްލުން ދިނުމުގެ ފަހަތުގައި ވަނީ ދީނީ ހަރުކަށި ފިކުރުގެ ވިސްނުން ކަމަށް ދޭހަވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވާހަކަ ދައްކަވައިފިއެވެ.

މާލޭގައި ޓެކްސީކުރާ އަންހެން ޑްރައިވަރ އައިމިނަތު ވަހީދާގެ ކާރަށް ގެއްލުން ދިނުމާ ގުޅިގެން މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށައެޅި ކުއްލި މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ އެ ޢަމަލު ދީނީގޮތުން ހަރުކަށި މީހުންނާ ގުޅުވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ، ހަރުކަށި ފިކުރުގެ މީހުން ބޭނުންވަނީ ހަމައެކަނި ޖިންސީ އެދުން ފުއްދުމަށާއި ކިރުމައިންގެ ގޮތުގައި އަންހެނުން ގޭގައި ބޭތިއްބުމަށް ކަމަށެވެ.

"ހަރުކަށި ފިކުރުގެ މީހުން ބޭނުންވާ ބޭނުމެއް އަންހެނުން ގޭގައި ބައިތިއްބާ، ހަމައެކަނި ޖިންސީ އެދުން ފުއްދާ ކިރު މައިންގެ ގޮތުގައާ، ދަރިން ބަލައި ގޭގައި ނޯކިރީ ކުރާ ބައެެއްގެ ގޮތުގައި ބޭތިއްބުން. މި ފިކުރުގެ ބައްޓަމަށް ދިވެހި މުޖުތަމައު އެނބުރުމަށް ބަޔަކު ބިރުދައްކައިގެން ބާރުގެ ބޭނުންކޮށްގެން، އިންތިޒާމު ވެގެން ހިނގަމުން އަންނަ މަސައްކަތެއް." ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އައިންތުގެ ކާރަށް ދިން ޙަމަލާ އަކީ ވަކި ގޮތަކަށް ދިވެހި މުޖުތަމައު އެނބުރުމަށް އިންތިޒާމު ވެގެން ހިންގަމުން އަންނަ މަސައްކަތެއް ކަމަށާއި، އެ އިންތިޒާމުގައި ދައުލަތުގެ މުއައްސަސާތަކުން ބައިވެރިވޭތޯ މަޖިލިސް މެންބަރުން ސުވާލު އުފައްދަވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


4

މުއްލާ

03-Nov-2020

ހަރުކަށި ފިކުރުގެ މީހުން އެމީހުންގެ މިފަދަ ޕާރސަނަލް ކަންތައްތައް ހިއްސާކުރާނީ އެމީހުންގެ އަރިސް މީހުންނާއި. އެހެންކަމުން އެހެން ބަޔަކަށް ނޭނގޭ ވަރަށް މިމީހުންގެ މައުލޫމާތު ރައީސް ނަޝީދުއަށް އެނގޭކަމީ ރައީސް ނަޝީދުއާއި ހަރުކަށި ފިކުރުގެ މީހުންނާއި ގުޅުންއޮތްކަން ސާބިތުވާ ކަމެއް!


-5

ކިނބޫ

03-Nov-2020

އަބްދުއްލަޠީފް ކިޔާ މީހެއްގެ ދަރިއެއް ވާހަކަ ދޯ ކަލޭ ތިދައްކަނީ? މަށަށް ހަމަ ޔަގީނޭ!


-8

ބަކުރު

03-Nov-2020

ރައްޔިތުންގެ މަޖިލިސްގެ ރައީސްގެ ގޮނޑީގައި މަޖިލީސް ރައީސްގެ ޙައިޞިއްޔަތުން މިހާރު މިއިންނަ މީހާ ނަފްސާނީ ޑޮކްޓަރަކަށް ދައްކައިގެން ސިކުނޑީގެ ޓެސްޓެއް ހަދަން ޖެހޭކަމަށް އަޅުގަނޑަށް ފެނޭ


15

ހަސަން މުހައްމަދު

03-Nov-2020

ނަޝީދުއަކީ މިގައުމަށް ދިމާވެފައޮތް ބޮޑު މުސީބާތެއް 😃 މިކަހަލަ ވާހަކަ ދެއްކީމަވެސް އައްޖަހާމީހުން ތިބޭނެ 😃 މިކަލޭގެ ފުށުން މިގައުމު ސަލާމަތް ކުރައްވައި ފާދޭވެ އާމީން 😃


26

ލައިލާ

03-Nov-2020

ނަޝީދު ކަހަލަ ލާދީނީމީހުން ބޭނުންވަނީ ،ޝަރަފުވެރި،ޢިއްފަތްތެރި އަންހެނުންވެސް ގޭންބޭރަށް ނެރެ އެމީހުންގެ ތުންފޮއްސި އަކަށް ހަދަން. އެމީހުންނަށް އެކަމެއް ނުކުރެވޭނެ!. ެެެެެެެެެެެެެެެެެެެެެ



ޓްރެންޑިން