ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު އަހުމަދު އާމިރު
ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު އަހުމަދު އާމިރު
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީގެ މުގައްރިރު، ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު އަހުމަދު އާމިރު މުގައްރިރު ކަމުން ވަކިކުރުމަށް އެ ކޮމިޓީއަށް އެޖެންޑާ ކޮށްފިއެވެ.

ގަވާއިދު ކޮމިޓީގެ މިރޭގެ ބައްދަލުވުމުގެ އެޖެންޑާގައި ވަނީ ކޮމިޓީގެ މުގައްރިރު އަހުމަދު އާމިރުގެ އިތުބާރު ނެތް ކަމަށް އެ ކޮމިޓީގެ ފަސް މެންބަރަކު ސޮއިކުރައްވައި ފޮނުވާފައިވާ މައްސަލައާ މެދު ގޮތެއް ނިންމުމެވެ. ނަމަވެސް ގަރާރުގައި ސޮއިކުރެއްވި މެންބަރުންނާއި، އާމިރުގެ އިތުބާރު ނެތް ކަމަށް ކޮމިޓީއަށް ހުށަހެޅި ސަބަބު އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

އެ ކޮމިޓީގައި ތިއްބަވަނީ އެމްޑީޕީގެ 8 މެމްބަރުންނާއި، މުގައްރިރު އާމިރުގެ އިތުރުން މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) އެވެ.

އެ ކޮމިޓީގެ ނައިބު މުގައްރިރަކީ މުލަކު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ނަސީރެވެ. އެ ކޮމިޓީގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރ މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމްވެސް އިންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން