ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު
ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީގެ މުގަައްރިިރު ކަމުން ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވަކިކުރަން ނެގި ވޯޓުން އޭނާ ސަލާމަތް ވެއްޖެއެވެ.

ޤަވާއިދު ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި މައްސަލައަށް ޖަވާބުދާރީވުމުގެ ގޮތުން އާމިރު ވިދާޅުވީ، ގަވާއިދު ކޮމިޓީގެ މައްސަލަތަށް ކުރިއަށް ނުގެންދެވި މަޑު ޖެހިފައި ނުވާނެ ކަމަށާއި، އަދި ކޮމިޓީއަށް ހުށަހެޅޭ އެއްވެސް މައްސަލައެއް އެޖެންޑާ ނުކޮށް ހިފަހައްޓާފައި ވެސް ނޯންނާނެ ކަމަށެވެ.

ކޮމިޓީ ބައްދަލުވުމުގައި އެމްޑީއޭ އަށް ނިސްބަތްވާ އާމިރަށް އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްކުރަން ވޯޓު ދެއްވީ ތިން މެމްބަރުންނެވެ، އަދި ފާސްކުރަން ނުފެންނަ ކަމަށް ވެސް ތިން މެންބަރަކު ވޯޓު ދެއްވިއެވެ. ވޯޓްގެ ނަތީޖާ ހަމަހަމަވުމުން ކޮމިޓީ ބައްދަލުވުން ޗެއާރ ކުރެއްވި މުލަކު ދާއިރާގެ މެމްބަރު އިބްރާހީމް ނާސިރު ވޯޓު ދެއްވީ އާމިރަށް އިތުބާރު އޮތް ކަމަށެވެ.

އާމިރު މަގާމުން ވަކިކުރުމަށް ވޯޓު ދެއްވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދިި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި ފޮނަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މޫސާ ސިރާޖާއި، ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ނާޒިލްއެވެ. މުގައްރިރު ކަމުން އާމިރު ވަކި ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އަސްލަމް އާއި، ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެންބަރު އިކްރާމް ހަސަންއާއި މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހްމަދު ތޯރިގް އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން