އަޙްމަދު ހަސަން މަނިކަށް (ކ) އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން (ވ) ހަނދާނީ ލިޔުން ހަވާލުކޮށްދެނީ
އަޙްމަދު ހަސަން މަނިކަށް (ކ) އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން (ވ) ހަނދާނީ ލިޔުން ހަވާލުކޮށްދެނީ
މިދިޔަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ބޭންކް އޮފް ސިލޯނަށް ފައިސާ ޖަމާކުރުމަށް ދިޔަ ރޫޓް ގެ ވެހިކަލްގައި ތިބި މުވައްޒަފުންނަށް ހަމަލާދީ، އެ ވެހިކަލްގައި ހުރި ފައިސާ ފޭރުނު މީހުން ހުއްޓުވައި އެ ފޭރުން ނާކާމިޔާބު ކޮށްލި އެބްސޮލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން ޕްރައިވެޓް ލިމިޓެޑްގެ ސެކިއުރިޓީ ގާޑު އަޙްމަދު ހަސަން މަނިކުގެ އަގުވަޒަންކޮށް ފުލުހުންގެ ފަރާތުން ހަނދާނީ ލިޔުމެއް ދީފިއެވެ.

އެކަމަށްޓަކައި އިއްޔެ އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތުގައި އަޙްމަދު ހަސަން މަނިކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީނެވެ.

އަގު ވަޒަންކޮށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވައި އިސްމާއީލް ނަވީން ދެއްކެވި ވާހަކަފުޅުގައި، އަޙްމަދު ހަސަން މަނިކުގެ ޖެހިލުންކުޑަކަމާއި ހިތްވަރު ފާހަގަ ކުރައްވައި އެކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދިވެހިންގެ ތެރޭގައި މަދުންނަމަވެސް މިކަހަލަ ކަންކަން ހުއްޓުވަން މަސައްކަތްކުރާ މީހުން އުޅޭ ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ބޮޑެތި ހާދިސާ ތަކުގައި ފުލުހުންނަށް ވެސް އެހީތެރިކަން ފޯރުކޮށްދެމުންދާކަން ފާހަގަކުރައްވައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރެއްވިއެވެ.

އެ ބައްދަލުވުމުގައި ފުލުހުންގެ ބައެއް އޮފިސަރުންނާއި، އެބްސޮލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން ޕްރައިވެޓް ލިމިޓެޑްގެ އިސްވެރިންގެ އިތުރުން ރޫޓްގެ ފަރާތުން ބައިވެރިވިއެވެ.


ކިޔުންތެރިންގެ ހިޔާލު


7

އައްބެ

06-Nov-2020

އަސްސަރިބަހުން ސާބަސް ވަރައް ރަންގަޅު އަބަދުވެސް ކަންކަން ހިންގަން ވާނީ ތިމަގުން



ޓްރެންޑިން