ށ. ފީވަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 61 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމް.ޓީ.ސީ.ސީން ބުނެފިއެވެ.
އެ ކުންފުނިން ބުނީ، މިމަޝްރޫޢުގެ ދަށުން، ބޭރުތޮށި ރޭނުމުގެ މަސައްކަތުގެ 53 އިންސައްތައާއި، އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 41 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން 55,163 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 464 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމަށް ވަނީ ހަމަޖެހިފައެވެ.
އަދި 356 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 182 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ އިތުރުން 2،320 އަކަމީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ.
69.3 މިލިއަން ރުފިޔާގެ މި މަޝްރޫޢަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން 02 ޖުލައި 2019 ގައި އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަސައްކަތެކެވެ.

ށ. ފީވަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 61 ޕަސެންޓް ވަނީ ނިމިފައި. މި މަޝްރޫޢުގެ ދަށުން، ބޭރުތޮށި ރޭނުމުގެ މަސައްކަތުގެ 53 ޕަސެންޓާއި، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 41 ޕަސެންޓް ވަނީ ނިމިފައި. pic.twitter.com/VCLiy4q5Xq
— MTCC Plc (@MTCCPlc) November 5, 2020
އަދި 356 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 182 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ އިތުރުން 2،320 އަކަމީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ.
69.3 މިލިއަން ރުފިޔާގެ މި މަޝްރޫޢަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން 02 ޖުލައި 2019 ގައި އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަސައްކަތެކެވެ.
ކިޔުންތެރިންގެ ހިޔާލު