ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަލީ އާޒިމް (ވ) އާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (ކ)
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަލީ އާޒިމް (ވ) އާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (ކ)
ފިޗުން ކްރެޑިޓް ރޭޓް ކުރަނީ ސިޔާސީ މީހުން ބުނާ އެއްޗަކަށް ބަލައިގެން ނޫންކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަލީ އާޒިމް، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފަށް ރައްދު ދެއްވައިފިއެވެ.

ބައިނަލްއަޤުވާމީ ކްރެޑިޓް އިންޑިކޭޓަރ، ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީސީސީ އަށް ދަށްކޮށްފައިވަނީ މަޖިލީހުން ފާސްކުރި ރިޕޯޓަކާއި ގުޅިގެން ކަމަށް ވިދާޅުވެ މެމްބަރު ޝަރީފް ކުރެއްވި ޓްވީޓަކަށް ރައްދުދެއްވައި މެމްބަރު އާޒިމް ވިދާޅުވީ، ފިޗު ރޭޓު ކުރާނީ ސިޔާސީ މީހުން ބުނާ އެއްޗަކަށް ނޫން، ކަމަށާއި، އެމީހުން އެކަން ކުރަނީ އެގައުމެއްގެ ހިސާބުތަކަށް ބަލައިގެން ކަަމަށެވެ.



ރާއްޖޭގެ ދަރަނި އެއް މިންގަނޑެއްގައި ހިފެހެއްޓުމަށް ޓަކައި ރާއްޖެއިން ނަގާފައިވާ ބޮޑެތި ލޯންތައް ރީސްޓްރަކްޗަރ ކުރުމަށް ސަރުކާރަށް ލަފާދިނުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

އެކަމާގުޅިގެން ޝަރީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ދުވަހު ވެސް ތަކުރާރުކޮށް މަޖިލީހުން އެ ރިޕޯޓް އެ އޮތް ގޮތަށް ފާސްކުރަން ހެޔޮ ނުވާނެ ކަމަށް ވިދާޅުވެފައި ވާނެ ކަމަށާއި، ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީސީސީއަށް ބަދަލު ކުރުމަކީ މަޖިލީހުން ފާސްކުރި ގަރާރުގެ ނަތީޖާ ކަމަށެވެ.

މީގެ ކުރިން ބީ ނެގެޓިވްގައި އޮތް ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ސީސީސީ އަށް ބަދަލު ކުރުމާއި ގުޅިގެން އެކަމަކީ ޤަބޫލުކުރަން ދަތި ކަމެއް ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިޗްގެ ރޭޓިން ފަދަ ބައިނަލްއަގުވާމީ އިންޑިކޭޓަރުތައް ރާއްޖޭން އަޑުއަހަން ވާނެ ކަމަށާއި، ޗައިނާގެ ކޮމާޝަލް އިދާރާތަކުން ރާއްޖެއަށް ދީފައިވާ ލޯނުތައް ރީސްޓްރަކްޗާ ކުރެވިއްޖެނަމަ، ދަރަނި ޑިފޯލްޓަކަށް ނުދާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން