ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު (ކ) އާއި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް (ވ)
ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު (ކ) އާއި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް (ވ)
ލޯކަލް ކައުންސިލް އިންތިޚާބު ބޯވަތިވަމުން އަންނައިރު އިދިކޮޅު ޕާޓީތައް ތިބީ ރަށު ބަންދުގައި ކަމަށާއި، އެކަމަކު އެމްޑީޕީއަށް ކެމްޕޭން ކުރެވޭ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ކޯ ވިޑް-19 އާ ގުޅިގެން ފަސްކުރި ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ މާޗު މަހު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ. އެކަމާ ގުޅިގެން ޝުޖާއު ވިދާޅުވީ، އީސީއަށް އިތުބާރެއް ނެތް ކަމަށާއި ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން އިލެކްޝަންސް ކޮމިޝަން ބަދަލުކުރާނެ ކަމަށެވެ.

"ތަފާތުކުރުންތައް އިންތިހާ! އެމްޑީޕީ އަށް ކެމްޕޭން ކުރެވޭ. އިދިކޮޅު ރަށު ބަންދުގަ. ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން އިލެކްޝަންސް ކޮމިޝަން ބަދަލުކުރާނަން." ޝުޖާއު ވިދާޅުވިއެވެ.



އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި ސައިކަލު ބުރުގައި އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް އަމަލުކޮށްފައިވާތީ 1000 ރުފިޔާ އިން ޝުޖާއު ވަނީ ޖޫރިމަނާކޮށްފައެވެ. އަދި އޭގެ ފަހުން އެޗްޕީއޭގެ އެންގުމާ ޚިލާފަށް އެއްވުމެއް ބޭއްވި މައްސަލައެއްގައިވެސް އޭނާ ފުލުހުންގެ ބަންދަށް ގެންގޮސްފައިވެއެވެ.

އީސީން ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕޭން ކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި، އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކެމްޕޭންގެ ޙަރަކާތްތައް ކުރިޔަށް ގެންދެވޭނެ ކަމަށެވެ. އިންތިހާބު އަންނަ މާޗު މަހުގެ ކުރީކޮޅު ބޭއްވޭތޯ މަސައްކަތް ކުރަމުން ގެންދާއިރު މިހާތަނަށް ނަން އަނބުރާ ގެންގޮސްފައިވާ ފަރާތްތައް އަދާހަމަ ކުރުމާއި ނަން އަނބުރާ ގެންދެވޭނެ މުއްދަތެއް ކަނޑައެޅުމާއި ރީރަޖިސްޓްރީގެ ކަންކަން އޮންލައިންކޮށް ކުރިއަށް ގެންދެވޭނެ ގޮތެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އީސީން ވަނީ ބުނެފައެވެ.

ކައުންސިލް އިންތިހާބަށް 4172 އަށް ވުރެ ގިނަ މީހުން ކުރިމަތިލިއެވެ. ނަމަވެސް އޭގެ ތެރެއިން 71 ކެނޑިޑޭޓަކު ނަން އަނބުރާ ނަގާފައިވާކަމަށް އީސީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން