މަސްވެރިން ބާނާ މަސް ނުކިރުމާއި، ފައިސާ ނުލިބުމާއި، މަސްވެރިންނަށް ކުރިމަތިވާ ދަތިތައް ޙައްލުކޮށް ދިނުމަށް ގޮވާލާ ޤަރާރެއް އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ އިދިކޮޅު ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އާދަމް ޝަރީފު އުމަރު ހުށަހެއްޅުވި ގަރާރުގައި ބުނެފައިވަނީ މަސްވެރިން ބާނާ މަސް ކިރުމަށްޓަކައި ކިޔޫގައި ޖެހިގެން ގިނަ ދުވަސްތަކެއް ވަންދެން މަޑުކުރަން ޖެހުމުގެ ސަބަބުން، ޚަރަދު ބޮޑުވެ މަސްވެރިންނަށް ހަމައަގު ނުލިބި އިތުރު ތަކްލީފްތަކެއް އުފުލަން ޖެހިފައިވާ ކަމަށެވެ.
އަދި މަސްވެރިން ކިރާ މަހަށް ފައިސާ ލިބުން ލަސްވުމުގެ އިތުރުން ސަރުކާރުގެ ކޮންޓްރޯލް އަގު ދޫކޮށްލުމުން މަހުގެ އަގު ދަށްވެފައިވާ ކަމަށް ޤަރާރުގައި ވަނީ ބުނެފައެވެ.
އެހެންކަމުން، ބާނާ މަސްކޮޅު އަވަހަށް ކިރޭނެ ގޮތާއި، ކިރޭ މަސްކޮޅަށް ވަގުތުން ފައިސާ ލިބޭނެ އިންތިޒާމް ހަމަޖައްސައިދީ މަސްވެރި ޢާއިލާތަކަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރެވޭނެ ނިޒާމެއް ގާއިމުކޮށްދިނުމަށް އާދަމް ޝަރީފް ހުށަހެޅުއްވި ގަރާރުގައި ވަނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފަ އެވެ.

Mas nukirigen hafuthaa akah, Felivaru kaireegai madukuran jehumakee #masveringe #productivity dhavve, e meehunge maalee haalathashaai qaumuge iqthisaadhah neydhevey asaruthakeh kuraa kameh. Masveringe kanboduvunthakah avas halleh libenjehey. @RMasverin#economicdiversification pic.twitter.com/yOHoTdfRWG
— Adam Shareef Umar (@Adamshareefz) November 8, 2020
އަދި މަސްވެރިން ކިރާ މަހަށް ފައިސާ ލިބުން ލަސްވުމުގެ އިތުރުން ސަރުކާރުގެ ކޮންޓްރޯލް އަގު ދޫކޮށްލުމުން މަހުގެ އަގު ދަށްވެފައިވާ ކަމަށް ޤަރާރުގައި ވަނީ ބުނެފައެވެ.
އެހެންކަމުން، ބާނާ މަސްކޮޅު އަވަހަށް ކިރޭނެ ގޮތާއި، ކިރޭ މަސްކޮޅަށް ވަގުތުން ފައިސާ ލިބޭނެ އިންތިޒާމް ހަމަޖައްސައިދީ މަސްވެރި ޢާއިލާތަކަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރެވޭނެ ނިޒާމެއް ގާއިމުކޮށްދިނުމަށް އާދަމް ޝަރީފް ހުށަހެޅުއްވި ގަރާރުގައި ވަނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފަ އެވެ.
ކިޔުންތެރިންގެ ހިޔާލު