އެމްއެމްޕީއާރުސީ ޚިޔާނާތުގެ ޝަރީޢަތްތައް ލައިވްކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި ޕީޖީ އެދިވަޑައިގެންފިއެވެ.
މިހިނގާ ނޮވެންބަރު މަސް ވާނީ ބުރަ މަހަކަށް ކަން ފާހަގަކުރަށްވައި މިއިން ޒަމާނަކު ކޮރަޕްޝަންގެ މައްސަލަތައް ނުހިންގާ ހަލުވިމިނުގައި މި ނޮވެންބަރު މަހު ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތް ފެނިގެން ދާނެ ކަމަށް ދާދިފަހުން ޕީޖީ ވަނީ ވިދާޅުވެފައެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ބައިވެރިންގެ ތެރެއިން އެކަމުގައި އިސްކޮށް ހިމެނޭ ގިނަ ބައެއްގެ މައްސަލަތައް ކޯޓަށް ފޮނުވުމަށް ތައްޔާރުވަމުންދާ ކަމަށް ޝަމީމް ވިދާޅުވެފައިވެއެވެ.
އެކަމާގުޅިގެން ޕްރޮކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި، އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅުންހުރި ޝަރީޢަތްތައް މިމަސްތެރޭގައި ފެށޭނެ ކަމަށާއި، އެހެންކަމުން ޝަރީޢަތްތަކުގެ ދެފުށް ކަށަވަރު ކުރުމަށް ޝަރީޢަތްތައް ލައިވް ކޮށްދިނުންއެދި ކްރިމިނަލް ކޯޓުގައި ސިޓީއަކުން ދަންނަވާފައިވާނެ ކަމަށެވެ.
"ކޯޓުން އެކަން ފަހިކޮށްދެއްވާނެ ކަމަށް އުންމީދު ކުރަން." ޕީޖީ ޝަމީމްގެ ޓްވީޓްގައި ވެއެވެ.
މީގެ ކުރިން ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޝަމީމް ވިދާޅުވީ ބައެއްކަހަލަ މައްސަލަތަކަކީ ސަކަރާތް ނުޖެހޭނެ މައްސަލަތައް ކަމަށާއި، އެގޮތުން ކޮރަޕްޝަންގެ ޢަމަލު ތަކަކީ ރާއްޖޭގައި މީހުން ކުރަން ބިރު ގަންނަ ކަންކަމަށް ހަދައިދޭނެ ކަމަށެވެ. އަދި ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމަށް ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތަކުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަވާކަމަށް އޭނާ ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ރާއްޖެއިން ކޮރަޕްޝަން ނައްތާލާނަން. އަދި ކޮރަޕްޝަނަކީ ރާއްޖޭގައި މީހުން ކުރަން ބިރު ގަންނަ ކަމަކަށް ހަދައިދޭނަން." ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ ޢަދުލު އިންސާފުގެ މަގު ދިގު ވުމަކީ ކުށްތަކަށް އަރައިގަތުމަށް ކުށްވެރިންނަށް ލިބޭ ހިތްވަރެއް ކަމަށާއި، އެހެންކަމުން އެ މަސައްކަތް އަވަސް ކުރުމުގެ މަސައްކަތް ޕީޖީ އޮފީހާއި، ފުލުހުންނާއި، ކޯޓްތައް ގުޅިގެން ކުރިއަށް ގެންދަވާ ކަމަށެވެ.

As trials of MMPRC corruption scandal cases starts this month, @PGO_MV sent a letter to @CRCMaldives urging to livestream court hearings to ensure transparency of the process! I hope court will facilitate.
— Hussain Shameem (@HuShameem) November 9, 2020
މީގެ ކުރިން ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޝަމީމް ވިދާޅުވީ ބައެއްކަހަލަ މައްސަލަތަކަކީ ސަކަރާތް ނުޖެހޭނެ މައްސަލަތައް ކަމަށާއި، އެގޮތުން ކޮރަޕްޝަންގެ ޢަމަލު ތަކަކީ ރާއްޖޭގައި މީހުން ކުރަން ބިރު ގަންނަ ކަންކަމަށް ހަދައިދޭނެ ކަމަށެވެ. އަދި ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމަށް ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތަކުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަވާކަމަށް އޭނާ ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ރާއްޖެއިން ކޮރަޕްޝަން ނައްތާލާނަން. އަދި ކޮރަޕްޝަނަކީ ރާއްޖޭގައި މީހުން ކުރަން ބިރު ގަންނަ ކަމަކަށް ހަދައިދޭނަން." ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ ޢަދުލު އިންސާފުގެ މަގު ދިގު ވުމަކީ ކުށްތަކަށް އަރައިގަތުމަށް ކުށްވެރިންނަށް ލިބޭ ހިތްވަރެއް ކަމަށާއި، އެހެންކަމުން އެ މަސައްކަތް އަވަސް ކުރުމުގެ މަސައްކަތް ޕީޖީ އޮފީހާއި، ފުލުހުންނާއި، ކޯޓްތައް ގުޅިގެން ކުރިއަށް ގެންދަވާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު