އެމްއެންޑީއެފް ހެލިކަޕްޓަރގައި މީގެ ކުރިން ބަލި މީހަކު ގެންދަނީ (ފޮޓޯ: ސޯޝަލް މީޑިއާ)
އެމްއެންޑީއެފް ހެލިކަޕްޓަރގައި މީގެ ކުރިން ބަލި މީހަކު ގެންދަނީ (ފޮޓޯ: ސޯޝަލް މީޑިއާ)
ތ. ތިމަރަފުށީގައި ފާރެއް މަރާމާތު ކުރަން އުޅުމުގެ ތެރޭގައި އެ މަސައްކަތުގައި އުޅުނު މީހެއްގެ ގަޔަށް ފާރު ވެއްޓި އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

މިއަދު މެންދުރު ހިނގި އެ ހާދިސާގައި، ފާރު މަރާމާތު ކުރުމުގެ މަސައްކަތުގައި އުޅުނު މީހުންގެ ތެރެއިން އެކަކުގެ ގައި މައްޗަށް ފާރު ވެއްޓި އޭނާގެ ބޮލަށް ވަރަށް ބޮޑަށް ވަނީ އަނިޔާވެފައެވެ.



ފާރު ވެއްޓުމުގެ ސަބަބުން އަނިޔާވީ ޢުމުރުން 41 އަހަރުގެ ފިރިހެނަކަށް ކަމަށާއި، އޭނާގެ ސިކުނޑި އަށް ލޭ އެޅިފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އެ މީހާއަށް އިތުރު ފަރުވާ ދިނުމަށް އެމްއެންޑީއެފް ހެލިކަޕްޓަރުގައި ވަނީ މާލެ ގެނެސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން