ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު
ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު
އދ. ގެ އާއްމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެ ގެނައުމަށް ސައުދީ އަރަބިއްޔާއިންވެސް ތާޢީދު ކޮށްފިއެވެ.

ސައުދީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާދިލް ބިން އަހުމަދު އަލް ޖުބައިރު ސޮއި ކުރަށްވައި ފޮރިން މިނިސްޓްރީއަށް މިދިޔަ ހަފްތާގައި ފޮނުއްވި ސިއްރު ސިޓީއެއްގައި ވަނީ އަންނަ އަހަރު އދ. ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގެންނަން ތާއީދުކުރައްވާކަން ހާމަކޮށްފައެވެ.

މިކަމާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން އަދި ރަސްމީކޮށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ. ރާއްޖެއަށް އދ. ގެ އާއްމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެ ގެނައުމަށް ސައުދީން ތާއީދުކުރި އިރު، އިންޑިއާ އިން ވެސް ވަނީ އެ މަޤާމަށް ރާއްޖެ ގެނައުމަށް ތާއީދުކޮށްފަ އެވެ. އެ ގައުމުން އެކަން ހާމަކުރީ، އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ މިދިޔަ ހަފުތާގައި ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުގަ އެވެ.

އދ. ގެ އާއްމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެ ގެނައުމުގެ ކެމްޕެއިނަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ 4.3 މިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން