ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ
ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ
2021 ވަނަ އަަހަރު މ. މުލި، ށ. ބިލެތްފަހި އަދި ބ. ތުޅާދޫގައި އެއާޕޯޓް އެޅުމަށް ޕްލޭން ކުރެވިފައިވާ ކަމަށް ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ކުރިއަށް އޮތް އަހަރު ށ. ބިލެތްފަހި އަދި މ. މުލީގައި އެއާޕޯޓް އަޅާނެ ކަމަށެވެ. އަދި ބ. ތުޅާދޫގައި އެއާޕޯޓެއް އެޅުމުގެ ޕްލޭން ކުރެވިފައިވާ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

"ކުރިއަށް އޮތް އަހަރު ބިލެތްފަހި އަދި މުލި އެއާޕޯޓް އެޅިގެންދާނެ. އަދި ތުޅާދޫގައި އެއާޕޯޓެއް އެޅުމުގެ ޕްލޭނެއް ކުރެވިފައި ވަނީ." މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މ. މުލީގައި ހަދާ އެއާޕޯޓާއެކު ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ތިރީސް މިނެޓުން ހުރިހާ ރަށަކަށް ދަތުރުކުރެވޭނެ ކަމަށެވެ. ހދ. މަކުނުދޫއަކީ އެހެން ރަށްރަށާއި ވަކިން ދުރުގައި އޮތް ރަށަކަށްވުމުން ވައިގެ މަގުން އެ ރަށަށް ދަތުރުކުރެވޭނެ ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

"މަކުނުދޫ އަކީ ތަންކޮޅެއް ވަކިން އޮންނަ ރަށެއްވީމަ އެރަށާ ތަންކޮޅެއް ދުރުވާނެ އެއަރޕޯޓް. އެކަމަކު އަޅުގަނޑުމެންގެ ވިސްނުން އެބަހުރި މަކުނުދުއަށް ހަމަ ވައިގެ މަގުން ދަތުރުކުރެވޭނެ ކޮންމެވެސް ގޮތެއް ހަމަޖެއްސުމަށް." މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

ސަރުކާރުގެ ކާމިޔާބީ ފާހަގަކުރަށްވަމުން ނަހުލާ ވިދާޅުވީ މިދިޔަ ދެ އަހަރުގެ ތެރޭގައި މާވަރުލާއި ކުޅުދުއްފުށި އެއާޕޯޓް އޮޕަރޭޝަނަށް ގެނެވިފައިވާ ކަމަށާއި، އަދި ހއ. ހޯރަފުށީގަައި އަަޅަމުންދާ އެއާޕޯޓް މި މަސްތެރޭގައި ހުޅުވޭނެ ކަމަށެވެ. މީގެއިތުރުން އަންނަ އަހަރުގެ ކުރީކޮޅު މަޑިވަރު އެއާޕޯޓް ހުޅުވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


5

ޙަސަން

13-Jan-2021

މުލީގާ އެއާރޕޯޓު އެޅުމުން ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް 30 މިނެޓް ތެރޭގައި ބުނާވާހަކަ ރަނގަޅެއް ނޫން. ބ.ހިތާދޫ , ތުޅާދޫ , ގޮއިދޫ , ފެހެންދޫ , ފުޅަދޫ މިރަށް ރަށުން ފުރައިގެން 30 މިނެޓުން ދެވޭނެ އެއާރޕޯޓެއް ނޯންނާނެ.



ޓްރެންޑިން