ދަޢުލަތުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީގެ ބަޖެޓް ރިޕޯޓް އަންނަ ބުރާސްފަތި ދުވަހަށް ނިންމަން އެ ކޮމިޓީން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުން އިގްތިޞާދީ ކޮމެޓީ އާއި މާލިއްޔަތު ކޮމެޓީ ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ބަޖެޓް ކޮމީޓިން ރިޕޯޓް ނިންމުމުގެ ސުންގަޑީގެ ގޮތުގައި ބުރާސްފަތި ދުވަސް ހުށަހެޅުއްވީ ބަޖެޓް ކޮމިޓީގެ ނައިބު މުޤައްރިރު އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިންނެވެ. އެ ހުށައެޅުން ފާސްވީ ކޮމިޓީގައި ވޯޓް ދެއްވި މެމްބަރުންގެ އިއްތިފާގުންނެވެ.
ރައްޔިތުންގެ މަޖިލީހުގައި ބަޖެޓަށް ބަހުސް ކުރަން ހަމަޖެހިފައި ވަނީ އަންނަ ހޯމަ އާއި އަންގާރަ އަދި ބުދަ ދުވަހު އެވެ. އެގޮތުން ކޮންމެ މެމްބަރަކަށް ވެސް 15 މިނެޓްގެ ފުރުސަތެއް ދޭން ވަނީ ނިންމާފަ އެވެ. ބަޖެޓް ބަހުސްއަށް 21 ގަޑިއިރު ކަނޑައަޅާފައިވާއިރު ކޮމެޓީ ރިޕޯޓްގެ ބަހުސްއަށް 12 ގަޑިއިރު ދޭނެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓްގެ ގޮތުގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެކެކެވެ.

ކިޔުންތެރިންގެ ހިޔާލު