ޖީ-20ގެ މާލީ ވަޒީރުންނާއި ސެންޓްރަލް ބޭންކް ގަވަރަނަރުންގެ އެކްސްޓްރާ އޯރޑިނަރީ ބައްދަލުވުމަށްފަހު، އެންޑޯޒްކޮށް ފާސްކޮށްފައިވާ "ކޮމަން ފްރޭމްވާރކް ފޮ ޑެބްޓް ޓްރީޓްމަންޓްސް ބިޔޯންޑް ޑީއެސްއެސްއައި" އަށް ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.
ކޯވިޑް-19 ގެ ބަލިމަޑުކަމުގެ އަސަރުކޮށް އިޤްތިޞާދު ހީނަރުވެފައިވާ ޤައުމުތަކުން ދަރާފައިވާ ދަރަނި ލުއި ކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށާ، ކޯވިޑް-19 އާ ގުޅިގެން ތަންފީޒު ކުރަން ފެށި، ދަރަނި ހަލާސް ކުރުން މަޑުޖައްސާލާފައި އޮތް އޮތުމުގެ މަރުހަލާ ކުރިއަށް އޮތް 2021 ވަނަ އަހަރުގެ މެދަކާ ހިސާބަށް ދަންމާލުމަށް ޖީ-20 އިއްތިހާދުން ނިންމާފައި ވަނީ އެ އިއްތިހާދުން އިއްޔެ ކުރިއަށް ގެންދިޔަ މާލީ ވަޒީރުންނާ މަރުކަޒީ ބޭންކުތަކުގެ ގަވަރުނަރުންގެ ބައްދަލުވުމުގައެވެ.
އެކަމާގުޅިގެން ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވީ، އިޤްތިޞާދު އާރާސްތު ކުރުމަށް މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި މިފަދަ އޮނިގަނޑެއް އެކުލަވާލުމަކީ ލިބިދޭ ބޮޑު އެހީއެއް ކަމަށެވެ. އަދި މިފަދަ ކަންކަމަކީ، ރާއްޖެ ފަދަ ނާޒުކު ގައުމުތަކުގެ ހައްގުގައި ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތު ކުރަމުން އަންނަ ކަންތައްކަމަށް ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.
ދާދި ފަހުން އޮތް ޖީ77 ގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައާއި އދ.ގެ އާއްމު މަޖްލީހުގެ ބައްދަލުވުމުގައި ވެސް ރާއްޖޭގެ ޚާރިޖީ ވަޒީރު ވަނީ ދަރަނި ދެއްކުމަށް އިތުރު ލުއިތައް ދިނުމަށް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު