އަހުމަދު ޔާމިން   16 ނޮވެމްބަރު 2020 - 0:15
ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް ޢަބްދުﷲ
ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް ޢަބްދުﷲ
ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ގެ މެންބަރުކަމުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދޭން ހުށަހެޅި މައްސަލައިގެ ހުކުމް މާދަމާ 11 ޖަހާއިރު ބޭއްވުމަށް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފިއެވެ.

ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމާއި ވަކީލް އައްސަދު ޝަރީފު ސުޕްރީމް ކޯޓަށް ޔައުޤޫބްގެ ގޮނޑީގެ މައްސަލަ ހުށަހެޅީ މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްގެ ކައުންސިލް މެމްބަރުކަމާ އޭނާ ހަވާލުވެ ވަޑައިގަތުމުން ދައުލަތުގެ އެހެން ވަޒީފާއެއް އޭނާ ގަބޫލު ކުރެއްވީ ކަމަށް ބުނެ އޭނާގެ ގޮނޑި ގެއްލިފައިވާކަމަށް ބުނެއެވެ.

ގާނޫނު އަސާސީގައިވާ ގޮތުން ދައުލަތުގެ އެހެން ވަޒީފާއެއް މަޖިލިސް މެމްބަރަކު އަދާ ކުރުމަކީ މަނާ ކަމެކެވެ. މައްސަލައިގައި އެންމެފަހުން ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ މައްސަލަ ހުށަހެޅި ފަރާތަށާއި މައްސަލަ ރައްދުވާ ފަރާތަށް ކުރީގެ ޝަރީއަތުގެ މަޖިލީހުގައި ކުރި ސުވާލުތަކަށް ޖަވާބު ދިނުމަށް ފުރުސަތު އަރުވާފައެވެ. އަދި ބެންޗުން ވަނީ މައްސަލައާ ގުޅޭގޮތުން ފަހު ބަސް ވިދާޅުވުމަށް ދެ ފަރާތަށް ވެސް ފުރުސަތު ދެއްވާފައެވެ.

އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ގާނޫނީ ގޮތުން ފަހުބަސް ވިދާޅުވުމަށް، ފަނޑިޔާރު ހުސްނުއްސުއޫދު އިންނަވާއިރު، ދެން ތިއްބަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގާނޫނީ ހައިސިއްޔަތާއިމެދު ގޮތް ނިންމުމަށް ބައްވާ މާދަމާގެ ތާރީޚީ ޝަރުޢީ ނިންމުމާއި މެދު މިހާރު އޮތީ ޔަޢުޤޫބުގެ ގޮނޑި ގެއްލޭނެތޯ ނުވަތަ ނޫންތޯ އުފެދޭ ބޮޑު ސުވާލެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން