އެމްޓީސީސީގެ 2020 ވަނަ އަހަރުގެ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާ
އެމްޓީސީސީގެ 2020 ވަނަ އަހަރުގެ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ)ގެ ޑިރެކްޓަރުންގެ ބޯޑަށް ޢާންމު ޙިއްސާދާރުންގެ ފަރާތުން މުހައްމަދު އިމްރާން އަދުނާން އިންތިޚާބުކޮށްފި އެވެ.

އެމަޤާމަށް މުޙައްމަދު އިމްރާން އަދުނާން އިންތިޚާބުކޮށްފައިވަނީ، އެ ކުންފުނީގެ 2020 ވަނަ އަހަރުގެ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާ ގައެވެ.

އެމްޓީސީސީގެ ހިންގާ ޤަވާއިދުގެ 63 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުން ކުންފުނީގެ މިހާރުގެ ޙިއްސާ ގެ ނިޞްބަތަށް ބަލާ ޑިރެކްޓަރުންގެ ބޯޑަށް ޢާންމު ޙިއްސާދާރުންގެ ތެރެއިން 02 ޑިރެކްޓަރުން އިންތިޚާބުކުރަންޖެހެއެވެ. މި 02 ޑިރެކްޓަރުންގެ ތެރެއިން 01 ޑިރެކްޓަރަކު، 27 ސެޕްޓެމްބަރ2020 ވަނަ ދުވަހު ބޭއްވުނު 2019 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ވަނީ އިންތިޚާބު ކުރެވިފައެވެ. އަދި ހުސްވެފައިވާ 01 ގޮނޑިއަށް އިތުރު ޑިރެކްޓަރަކު އިންތިޚާބުކުރެވޭނީ 2020 ވަނަ އަހަރުގެ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާގައި، ޙިއްސާދާރުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ.

މި ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވީ 14 ޙިއްސާދާރުންނެވެ. އަދި ޕްރޮކްސީ މެދުވެރިކޮށް 269ޙިއްސާދާރުން ތަމްޞީލް ކުރެވުނެވެ. ޖަލްސާގައި މުޅިއެކު ތަމްޞީލްވީ 283 ޙިއްސާދާރުންނެވެ. އެއީ 217,577,5 ޙިއްސާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން