އައިޖީއެސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު
އައިޖީއެސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު
ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އިންސްޓިޓިއުޓް ފޮ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސްޕޭސް ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ.

މި ޕްރޮގްރާމް ތައާރަފް ކުރުމުގެ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވީ، މި ޕްރޮގްރާމުގެ އެންމެ ބޮޑު އަމާޒަކީ، ރާއްޖެއަށް ރީތިނަން ހޯދައިދީ ޒުވާނުންގެ އުއްމީދުތައް ހާސިލުކޮށްދިނުމަށް މަސައްކަތް ކުރުން ކަމަށާއި، ދިވެހި އެސްޓްރޮނޯޓުން ސްޕޭސް އިންޑަސްޓްރީ ގައި މަސައްކަތް ކުރާ ދުވަސް ފެނުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ.

މީގެ އިތުރުން ސްޕޭސް ކްރާފްޓް ޑިޒައިން ކޮށް، ބިލްޑް ކޮށް، ސައިންޓިފިކް ރިސާޗް ހެދުމަށް ދިވެހިން ތަމްރީނު ކުރުމަށް އައިޖީއެސް އިން، އިގިރޭސިވިލާތުގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަން އާ އެކު އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާ ކަމަށާއި، މި އެއްބަސްވުމުގެ ދަށުން އެމެރިކާގެ ތަޖުރިބާކާރުންގެ އެހީއާއެކު މި ޕްރޮގްރާމްގައި ތަމްރީން ކުރާނީ ރާއްޖޭގައި މަތީ ތައުލީމް ހާސިލު ކުރާ ދަރިވަރުން ކަމަށް އެ ޖަމިއްޔާއިން މަޢުލޫމާތު ދެއެވެ.

IGS signs MOU with KSF space to develop the first space program in Maldives.

Posted by Institute for Global Success on Thursday, November 5, 2020


މިގޮތުން ފަށާ ފުރަތަމަ ރިސާޗް ޕްރޮޖެކްޓް އަންނަ އަހަރުގެ ކުރީކޮޅު ތައާރަފް ކުރެވޭނެ ކަމަށް ރިފްއަތު ވިދާޅުވި އެވެ. މިއީ ރާއްޖޭގެ ޖަމިއްޔާއަކުން ސްޕޭސް ޕްރޮގްރާމެއް ފެށުމަށް އިޢުލާން ކުރި ފުރަތަމަ ފަހަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން