އެމްއެންޑީއެފް ތަމްރީނެއް ކުރިޔަށް ދަނީ (ފޮޓޯ: އެމްއެންޑީއެފް)
އެމްއެންޑީއެފް ތަމްރީނެއް ކުރިޔަށް ދަނީ (ފޮޓޯ: އެމްއެންޑީއެފް)
ހަތިޔާރާ ގޮވާތަކެއްޗާއެކު ސިފައިންގެ ތަމްރީނެއް ހުޅުމާލޭގައި ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

އެމްއެންޑީއެފުން މިރޭ ބުނީ ސިފައިންގެ ތަމްރީންތަކެއް ހުޅުމާލެ ފޭސް ދޭއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. "ސްމޯލް ޓީމް އެކްސަސައިޒް 2020" ގެ ނަމުގައި ކުރިއަށް ގެންދާ މި ތަމްރީންތައް ކުރިއަށްދާނީ މާދަމާއިން ފެށިގެން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.



އެމްއެންޑީއެފުން ބުނީ، މި ތަމްރީންތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާނެ ކަމަށާއި، ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުން ކުރާ ހަތިޔާރާއި ގޮވާތަކެތި ބޭނުން ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން