ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ
ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ
ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ސިފައިންގެ ކޮންމެ 5 މީހުންގެ ތެރެއިން 3 މީހުން ތަމްރީނު ކޮށްފައިވާ ކަމަށް ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ދެއަހަރު ފުރުމާ ގުޅިގެން މިނިސްޓަރ މާރިޔާ ލިޔުއްވާފައިވާ ލިޔުއްވުމެއްގައި ވަނީ، ރައީސް ޞާލިޙްގެ ވަޢުދުފުޅާ އެއްގޮތަށް ސިފައިންގެ ޤާބިލްކަން އިތުރު ކުރުމަށް މިހާރުވެސް 600 އަށް ވުރެ ގިނަ ސިފައިން ރާއްޖެއިން ބޭރުގައި ތަމްރީން ހޯދަމުން ގެންދާ ކަމަށެވެ. އެގޮތުން ވޭތުވެދިޔަ 2 އަހަރު ސިފައިންގެ ކޮންމެ 5 މީހެއްގެ ތެރެއިން 3 މީހުން ތަމްރީނު ކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މާރިއާ ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރުގައި 2000 އަށްވުރެ ގިނަ އޮޕަރޭޝަނުގައި ސިފައިން ބައިވެރިވެފައިވާ ކަމަށެވެ. އަދި ކަނޑުމަތީގައި ހިނގި 700 އަށްވުރެ ގިނަ ޙާދިސާގައި 2000 އަށްވުރެ ގިނަ މީހުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގައި ސިފައިން އެހީތެރިވެދީފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރުގެ ބަޔާނުގައި ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރު ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދީފައިވާނީ ސިޔާސީ ހުރިހައި ނުފޫޒަކުން ރާއްޖޭގެ ދިފާޢީ މުއައްސަސާ އެއްކިބާކުރެއްވުމަށްކަމަށެވެ.

އެގޮތުން ވޭތުވެދިޔަ ދެއަހަރުގެ ތެރޭގައި ދިވެހި ޤައުމީ ދިފާޢީ ބާރުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކަނޑައެޅިފައިވާ ވަކި އުސޫލުތަކަކާއި ހަމަތަކެއްގެ މައްޗަށް ހިމެނޭ "ކެޕްސްޓޯން ޑޮކްޓްރިން" އެކުލަވައިލައްވައި އެއަށް ޢަމަލުކުރަން ފެށުމުގެ އިތުރުން، އަސްކަރީ ޢަދުލުގެ ނިޒާމެއް ޤާއިމުކޮށްފައިވާކަމަށާއި، ސިފައިންނާއި ފުލުހުންގެ ކަންކަން އެއްގޮތްކޮށް ސިފައިންގެ މަރުކަޒުތަކުގެ ތެރެއިން ސިފައިންނަށް ލިބެން ހުންނަ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށްފައިވާނެކަމަށް ވެސް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރ މާރިޔާގެ ބަޔާނުގައި ވަނީ ސިފައިންގެ ހިތްވަރާއި ފަންވަރާއި ޤާބިލްކަން އިތުރުކުރެވިފައިވާ މިންވަރު ފެނި އެކަން ދިވެހިރައްޔިތުން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން