ރައީސް ޔާމީން އެއްލަވާލެއްވި ކަޅުވަކަރު މިސްކިތް މާލޭގައި އަލުން ބެހެއްޓުމަކީ ރައީސް ޞާލިޙް ރާއްޖެ އިސްލާމްވިދުވަހު ދެއްވި އަގުހުރި ހަދިޔާއެއް ކަމަށް ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަ ކުރުމުގެ މުނާސަބަތާ ގުޅުވައިގެން ސަރުކާރުން މިއަދު ވަނީ ކަޅުވަކަރު މިސްކިތް އަލުން ހުޅުވައި ޢާއްމުންނަށް އެ މިސްކިތުގައި ނަމާދު ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.
އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވީ، އައިސް ސްކޭޓިންރިންގެއް ހަދަން ރައީސް ޔާމީން ނަންގަވާ އެއްލާލެއްވި އާސާރީ ކަޅުވަކަރު މިސްކިތް މާލޭ ބޮޑުގަނޑުވަރު ގޯތިތެރޭ އަލުން ބަހައްޓަވައި ދެއްވުމީ ރާއްޖެ އިސްލާމްވިދުވަހު ރައީސް ޞާލިޙް ދެއްވި އަގުހުރި ހަދިޔާއެއް ކަމަށެވެ.
"މިއީ މި ބިމުން އިސްލާމްދީން ފޮހެ ނުލެވޭނެ ކަމުގެ ވަރުގަދަ މެސެޖެއް." ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުގެ ޓްވީޓްގައި ވެއެވެ.
ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމުގެ ފަންނީ ތާރީޚީ މުހިންމު މަސައްކަތުގެ މާވަޑިއަކީ ރ. އަލިފުށީ އަބްދުﷲ މާވަޑި (ދޮންމާވަޑި) ގެ މާވަޑި ޢަލީ އަބްދުﷲ އެވެ.
1779 އިން 1799 އަށް ރަސްކަން ކުރެއްވި އައްސުލްޠާން ހަސަން ނޫރައްދީން އިސްކަންދަރުގެ ރަސްކަމުގެ 10 ވަނަ އަހަރު ބިނާކުރި ކަޅުވަކަރު މިސްކިތް ފުރަތަމަ ހުރީ މަޖީދީ މަގާއި ކަރަންކާމަގާ އިންވެގެން ހުޅަނގު އުތުރު ކަންމަތީގަ އެވެ. އޭގެ ފަހުން އެ މިސްކިތް ބަދަލު ކުރީ މިހާރު ގަލޮޅު ދަނޑު ކައިރީގައި ހުންނަ މަސްޖިދުލް ސުލްޠާނުލް އާދިލް މިސްކިތް ހުންނަ ތަނަށެވެ.
އެ ތަނުން ނަގައި، ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި އެ މިސްކިތް ނީލަން ކިޔުމަށް ފަހު މާލެއިން ބޭރަށް ގެންދިޔައެވެ. އަދި ފަހުން ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެރިކަމަށް ވަޑައިގެން 1980 ވަނަ އަހަރު އެ މިސްކިތް ސަލްޓަން ޕާކްގެ އިރު ދެކުނު ފަރާތުގައި ބެހެއްޓެވި އެވެ.
އެއަށް ފަހު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަޅުވަކަރު މިސްކިތުގެ އާބާތުރަ ފިލުވުމަށް ފަހު އޭޕްރީލް ،19 2009 ގައި އަލުން ހުޅުވި އެވެ. އަދި ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެން އެ މިސްކިތް ހުރިތަނުގައި އައިސް ސްކޭޓިންރިންގެއް ހެދުމަށް އެ މިސްކިތް ރޫޅައިލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު