ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު
ބަޖެޓަކީ ރައްޔިތުންގެ އެއްޗެއް ކަމަށާއި، ރައްޔިތުން ދަރާއޮތިއްޔާ ދަރަނި ފިލުވަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ސަރުކާރުން މަޖިލީހަށް ހުށައެޅި 34.7 ބިލިއަން ރުފިޔާގެ ބަޖެޓުން ޖުމްލަ އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވަނީ 17.8 ބިލިއަން ރުފިޔާ އެވެ. އަދި މިއީ 15.5 ބިލިއަން ރުފިޔާ އިން ޑެފިސިޓް ބަޖެޓެއް ކަމަށް ފިނޭންސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެކަމާގުޅިގެން އެ ބަޖެޓަކީ ފާސްކުރަން ހެޔޮވާވަރުގެ ބަޖެޓެއް ނޫން ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

އެކަމާގުޅިގެން ރީކޯ މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަޖެޓަކީ ރައްޔިތުން ބަނޑަށް ޖައްސައި ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް މުސާރަ ދިނުމަށް ކަނޑައަޅާފައިވާ އެއްޗެއް ނޫންކަމަށެވެ. އަދި އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި މެދު ރައީސުލްޖުމްހޫރިއްޔާއަށް ޔަގީންކަން އޮތްނަމަ ބަޖެޓް ފާސް ކުރަން ޖެހޭނެ ކަމަށް މޫސަ ވިދާޅުވިއެވެ.

"ރައީސަށް ޔަޤީންކަން އޮތިއްޔާ ބަޖެޓު ފާސްކޮށްދެއްވާ. ދަރަނިނުވާ ބަޖެޓެއް ފޮނުވީ ކޮން ރައީސެއް؟" މޫސަ ސުވާލު ކުރެއްވިއެވެ.

މޫސަ ވިދާޅުވީ، ބަޖެޓަކީ ރައްޔިތުންގެ އެއްޗެއް ކަމަށާއި، ރައްޔިތުން ދަރާއޮތިއްޔާ ދަރަނި ފިލުވަން ޖެހޭނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުން ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާ ކަމަށެވެ.

އަދި 2021 ވަނަ އަހަރުގެ، ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާ ކަމަށް އަމީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ނާއިލާ

17-Nov-2020

ތިކަލޭގެތީ ގައުމުގެ ހަރުުދާވިއްކަން ހިތްވަރުދޭ މީހެއް . ދެފުއްކެހެރިން . ރައިސްޔާމީނަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހުނީވެސް މިކަހަލަ ދެއަތަށް ކެޑޭމީހުންނާހެދި . ބޭނުންވާވަރަށް ސަނާކިޔާމުއްސަދިވީމަ މިއަދު އިބޫއަށްސަނާކިޔުންކަޑަ .



ޓްރެންޑިން