އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ފައިނު ވައްޑޭ)
އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ފައިނު ވައްޑޭ)
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ދައުލަތުން ހުށަހެޅި ބަޖެޓަކީ ހިޔާލީ ފޮލައެއް ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވައްޑޭ ވިދާޅުވީ، ނުފޯރާފޮތިން ފޫގަޅަން އުޅުމުގެ ބަދަލުގައި ކަން އޮތް ގޮތަށް ހަގީގަތަށް ގައުމު މިއަދު އޮތް ހާލަތު ރައްޔިތުންނަށް ކިޔައިދިނުމަކީ މަޖިލީހުގެ މެމްބަރުންގެ ޒިންމާއެއް ކަމަށެވެ. އަދި އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ދައުލަތުން ހުށަހެޅި ބަޖެޓަކީ ހިޔާލީ ފޮލައެއް ކަމަށް ވައްޑެ ވިދާޅުވިއެވެ.

"ރައީސްގެ ސިޔާސަތަކަށް މި ނުފެތޭ. މީގަ އޮތީ ހަމަ ހިޔާލީ ފޮލައެއް. ރައްޔިތުން ތިބީ ނުހަނު ނިކަމެތި ހާލަތުގައި. ރައްޔިތުން ވޯޓް ދެނީ އެ ރައްޔިތުންގެ ދިރިއުޅުމުގެ ކަންކަން ރަނގަޅު ކުރަން." ވައްޑެ ވިދާޅުވި އެވެ.

ވައްޑެ ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓަކީ ސަނާ ކިޔާވަރުގެ ބަޖެޓެއް ނޫން ކަމަށާއި، ދައުލަތުގެ ބަޖެޓަކީ ކެމްޕޭން ބަޖެޓެއް ނޫން ކަމަށެވެ. ބަޖެޓަކީ ރައްޔިތުންގެ ޓެކްސް ފައިސާ ހަރަދު ކުރާނެ ގޮތް ކަމަށާއި، އެހެންކަމުން އެ ބަޖެޓުން ޚަރަދު ކުރަންވާނީ ރައްޔިތުން ދަރަނިވެރި ނުވާނެ ގޮތަށް ކަމަށެވެ.

ދަޢުލަތުގެ ބަޖެޓް ހުށައަޅުއްވަމުން މާލީ ވަޒީރު އަމީރު ވިދާޅުވީ، 2021 ވަނަ އަހަރުވެސް ވާނީ އާމްދަނީގެ ގޮތުން ތަދު އަހަރަކަށް ކަމަށާއި، 2021 ވަނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 17.8 ބިލިއަން ރުފިޔާ ކަމަށެވެ. އަދި އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ޖީޑީޕީގެ ނިސްބަތުން 23.4 އިންސައްތަ ދަރަނިވެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން