ގދ. ތިނަދޫ
ގދ. ތިނަދޫ
ގދ. ތިނަދޫގައި ރަހީނުކުރި މީހަކު ފުލުހުން މިއަދު ސަލާމަތްކޮށްފިއެވެ.

ފުލުހުން ބުނީ، ގދ. ތިނަދޫގައި މީހަކު ރަހީނުކުރި މައްސަލައެއް މިއަދު ހަވީރު 05:00 ހާއިރު ހުށަހެޅިފައިވާކަމަށާއި، އަދި މިމައްސަލައާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަންގައި ރަހީނުކޮށްފައިވާ މީހާ ސަލާމަތްކޮށްފައިވާ ކަމަށެވެ.

އަދި މިމައްސަލައިގެ ތުޙުމަތުގައި 4 ދިވެހިން ޙައްޔަރު ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. ޙައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 38 އަހަރުގެ މީހަކާއި 27 އަހަރު މީހެއްގެ އިތުރުން 45 އަހަރު އަދި 52 އަހަރުގެ މީހެކެވެ. މިކަމާ ބެހޭ އިތުރު ތަފުސީލެއް އަދި ނުލިބެއެވެ.

އެ މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން