އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން
ލޯކަލް ކައުންސިލް އިންތިޚާބުން ޖުމްލަ 83 ކެނޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އެ ކޮމިޝަނުން ޢާއްމު ކޮށްފައިވާ ދެންނެވުމެއްގައި ވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު ހުޅުވާލުމާ ގުޅިގެން އިތުރު 15 ކެނޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. މިއާއެކު އިންތިޚާބަށް ކުރިމަތިލުމަށްފަހު ނަން އަނބުރާ ގެންދިޔަ ކެނޑިޑޭޓުންގެ ޢަދަދު ވަނީ 83 އަށް އަރައިފައެވެ.

އީސީން އެންމެ ފަހުން އިޢުލާން ކޮށްފައިވާ 15 ކެނޑިޑޭޓުންގެ ތެރޭގައި ހިމެނެނީ، އެމްޑީޕީގެ 08 ކެނޑިޑޭޓުންނާއި، ޕީޕީއެމްގެ 04 ކެނޑިޑޭޓުންނާއި ޖޭޕީ ޓިކެޓްގައި މާލޭ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ އަށް ކުރިމަތިލާ ކެނޑިޑޭޓާއި، އަމިއްލަ ދެ ކެނޑިޑޭޓުންނެވެ. އީސީން ބުނެފައި ވަނީ މި އިންތިޚާބުގައި ލޯކަލް ކައުންސިލްތަކަށް 2307 ކެނޑިޑޭޓުން ވާދަ ކުރާނެ ކަމަށާއި، އަންހެނުންގެ ކޮމިޓީތަކަށް 1785 ކެނޑިޑޭޓުން ވާދަ ކުރާނެ ކަމަށެވެ.

ފަސްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބް އަންނަ އަހަރުގެ މާރޗް 6 ވަނަ ދުވަހަށް ތާވަލް ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް އިއްޔެ ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން