ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ޖޭއެސްސީ އުފެދިފައިވާ ގޮތް މި ފަސްއަހަރުތެރޭގައި ބަދަލު ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުން އަދި ލަސްވެފައި ނުވާ ކަމަށާއި، އެއީ އެމްޑީޕީގެ ވަޢުދެއް ކަމަށެވެ. އަދި އެއީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި، އަޅުގަނޑުމެންގެ ފަސްއަހަރު ތެރޭގައި އެކަން ކުރާނެ. އެއީ އެއްވެސް ޙާލެއްގައި ޝައްކު ހިނގާ ކަމެއް ނޫން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ޖޭއެސްސީ އަލުން އެކުލަވާލާނެ ގޮތާއި، މަޖިލީހުގެ ރައީސާއި، ސީއެސްސީގެ ރައީސް އެ ކޮމިޝަނުގައި އިނުމާމެދު ސުވާލު އުފައްދާން ނުޖެހޭ ސަބަބެއް ނެތް ކަމަށާއި، ޤާނޫނު އަސާސީއަށް ދިހަ ބާރަ އަހަރު ވާއިރު އެ ސުވާލު އަހަން ޖެހޭ ކަމަށެވެ. އެމްޑީޕީގެ މެނިފެސްޓޯގައި އެ ނުކުތާ ފާހަގަކޮށްފައިވަނީ އެހެންވެގެން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާން ވިދާޅުވީ މިވަގުތު ޖޭއެސްސީން ދަނީ ވަރަށް ހަރުދަނާ ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރަމުން ކަމަށާއި، ކުރިން ސިޔާސީ ބޭފުޅުންނާ ފަނޑިޔާރުގެޔާ ގުޅުވައިގެން ދައްކާ ވާހަކަތައް މިހާރު ނީވޭނެ ކަމަށެވެ. އަދި އެކަމާ ބައެއް ބޭފުޅުން ކަންބޮޑުވީ ނަމަވެސް އެކަމަށް ކޮށްދެވޭނެ ކަމެއް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ސަރުކާރު އުފެދިފައިވަނީ ވަޢުދުތަކެއް ވެގެން ކަމަށާއި، އެ ވަޢުދުތަކުގެ ތެރޭގައި ޖުޑިޝަރީ އިސްލާހުކުރުން ކޮންމެހެން ބޭނުންކަމަށް އެމަނިކުފާން ވިދާޅުވިއެވެ. އަދި ވަރަށްގިނަ ފަނޑިޔާރުންނަކީ ވަރަށް ތެދުވެރި، ވަރަށް އިޚްލާޞްތެރި ބޭފުޅުންކަމަށް އެމަނިކުފާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން