އަހުމަދު ޔާމިން   19 ނޮވެމްބަރު 2020 - 16:47
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖްލިސްއަށް ހުށަހަޅަން މަސައްކަތް ނުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި ކުރިއަށް ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ ގުނަންތަކުގެ ތެރޭގައި ބަހުސްތައް ހިނގާނެ ކަމަށާއި، ވަކިވަޒީރަކާމެދު އެމްޑީޕީން ރުހޭތޯ އާއި، ސަރުކާރަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން އަބަދުވެސް އެމްޑީޕީން ބަލާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ފައްޔާޒް ވަކިކުރަން އަޅުގަނޑު މަޖިލީހަށް ކަމެއް ލާކަށެއް ނޫޅެން. އަޅުގަނޑުމެން ދެކޭ ގޮތުގައި އަޅުގަނޑުމެން ޕާޓީގެ އެތެރޭގެ ބަހުސްތައް ހިންގަންޖެހޭ. އެ ބަހުސްތަކަކީ އެމްޑީޕީގެ އެތެރޭގެ އެކިއެކި ގުނަންތަކުގެ ތެރޭގައި ހިނގަމުންދާނެ ބަހުސްތައް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ޕާޓީއާއި ރައްޔިތުންނަށް އެންމެ ރަނގަޅުގޮތަކީ ކޮބައިތޯއާއި، ވަގުތާއި ޙާލަތަށް ރިޢާޔަތްކޮށް ދައްކާންވީ ވާހަކަތައް ފާހަގަކުރުމަކީ އެމަނިކުފާންގެ މަސްއޫލިއްޔަތެއް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ފަހަތުގައި މީގެ ތިރީހަކަށް އަހަރުއްސުރެ ފަހަތުގައިވާ ވަރަށް ބޮޑު މާޒީއެއް އެބައޮތް ކަމަށެވެ. އަދި އެމަނިކުފާންގެ މަސްއޫލިއްޔަތަކީ އެއްވެސް ކަމެއް އެއްވެސްތާކު ގޯސްކޮށް ހިނގަންޏާ އެވާހަކައެއް ބުނުން ކަމަށާއި، އެކަމާ ބޭފުޅުން ހިތްހަމަޖެހިވަޑައިގަތަސް އަދި ހިތްހަމަޖެހިވަޑައި ނުގަތަސް އެކަމަކާ ކުރާނެ ކަމެއް ނެތް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން