ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ބަޖެޓް ދިރާސާ ރިޕޯޓް އާދިއްތަ ދުވަހަށް ނިންމައި، އެ ރިޕޯޓް މެމްބަރުންނަށް ސަރކިއުލޭޓް ކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ ބަޖެޓް ދިރާސާ ރިޕޯޓް އާދިއްތަ ދުވަހަށް ނިންމައި، އެ ރިޕޯޓް މެމްބަރުންނަށް ސަރކިއުލޭޓް ކުރެވޭނެ ކަމަށާއި، އަދި އިސްލާޙް ހުށައެޅުމުގެ ފުރުސަތުވެސް ލިބޭނެކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން މަޖިލީހަށް ބަޖެޓް ހުށައެޅުއްވިއިރު މަޖިލީހުގެ މެމްބަރުންނަށް ބަޖެޓުގައި ހުންނާނެ މަޢުލޫމާތާއި، ބަޖެޓްގެ މިސްރާބު ހުންނާނެ ގޮތުގެ ތަޞައްވަރެއް ކުރެވިފައިވާ ކަމަށެވެ. ބަޖެޓަކީ އިޤްތިޞާދެއް ހިންގުމަށް މުހިއްމު ވަސީލަތެއް ކަމަށާއި، މަޖިލީހުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅޭ ކޮމިޓީއެއް އޮތުމުން އެކަމާ ގުޅޭގޮތުން މެމްބަރުންނަށް އޮޅުންފިލާފައިވާ މިންވަރު ބޮޑު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ކޯވިޑް-19 އާ ގުޅިގެން އިޤްތިޞާދު އަނބުރާނެ ގޮތެއް، ނުވަތަ އަލުން އަނބުރާ ކުރިއަށް ގެންދިއުމަށް މެމްބަރުންނަށް ފެންނަ ގޮތަކާ ގުޅޭގޮތުން ހިންގުނު ބަހުސާއި، ހެދުނު ރިޕޯޓް ވަނީ ސަރުކާރަށް ހުށައެޅިފައި." ރައީސް ނަޝީދު ވިދާޅުވިއެވެ.



އަދި ބަޖެޓް ހުށައެޅުމުގެ ކުރިން މަޖިލީހުން ދަޢުލަތުގެ ދަރަންޏާ ގުޅޭ ވަރަށް ފުން ދިރާސާއެއް ކޮށްފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މި ދައުރު ނިމުމުގެ ކުރިން ބަޖެޓަށް ވޯޓަށް އެހޭނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން