އިލެކްޝަންސް ކޮމިޝަން ގެ ނައިބު ރައީސް އަހުމަދު އަކްރަމް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އަކްރަމް މިއަދު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި ބުނެފައިވަނީ، އީސީގެ މެމްބަރުކަމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
އެ ސިޓީގައި އިތުރަށް ބުނެފައިވަނީ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައަަކާއި ގުޅިގެން އެކޮމިޓީން އޭނާ މަގާމުން ވަކިކުރުމަށް ފެންނަކަމަށް ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާތީ ކަމަށެވެ.
އަކްރަމްގެ ސިޓީގައި އިތުރަށް ބުނެފައިވަނީ މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ އިތުބާރުނެތި މިނިވަން މުއައްސަސާއެއްގައި އިންނެވުމަކީ ރަނގަޅުކަމެއްކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އެހެން ނަމަވެސް އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތު ތަކަކީ ވަކިބައެއްގެ ރޭވުމުގެ މަތިން ކޮށްފައިވާ ޙަޤީޤަތާ ޚިލާފު ތުހުމަތުތަކެއް ކަމަށާއި، އެފަދަ އެއްވެސް ޢަމަލެއް ނުހިންގާ ކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.
އަކްރަމް ޖިންސީ ފުރައްސާރަކުރި ކަމަށް ބުނެ އީސީގެ އަންހެން މުވައްޒަފުންތަކެއް މަޖިލީހަށް މައްސަލަ ހުށަހެޅުމުން ކޮމިޝަންގެ މެންބަރުކަމުން އަކްރަމް ވަކިކުރަން ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން އިއްޔެ ވަނީ ފާސްކޮށްފަ އެވެ. އަކުރަމް އީސީގެ މެންބަރުކަމަށް ދެވަނަ ފަހަރަށް އައްޔަން ކުރީ މިދިޔަ މާޗްމަހުގެ ތެރޭގައި މަޖިލީހުގެ 72 މެންބަރުންގެ ވޯޓާ އެކު އެވެ.

Today I have submitted my resignation from EC. pic.twitter.com/yLFeNkRVQp
— Ahmed Akram (@akram4535) November 19, 2020
އަކްރަމްގެ ސިޓީގައި އިތުރަށް ބުނެފައިވަނީ މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ އިތުބާރުނެތި މިނިވަން މުއައްސަސާއެއްގައި އިންނެވުމަކީ ރަނގަޅުކަމެއްކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އެހެން ނަމަވެސް އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތު ތަކަކީ ވަކިބައެއްގެ ރޭވުމުގެ މަތިން ކޮށްފައިވާ ޙަޤީޤަތާ ޚިލާފު ތުހުމަތުތަކެއް ކަމަށާއި، އެފަދަ އެއްވެސް ޢަމަލެއް ނުހިންގާ ކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.
އަކްރަމް ޖިންސީ ފުރައްސާރަކުރި ކަމަށް ބުނެ އީސީގެ އަންހެން މުވައްޒަފުންތަކެއް މަޖިލީހަށް މައްސަލަ ހުށަހެޅުމުން ކޮމިޝަންގެ މެންބަރުކަމުން އަކްރަމް ވަކިކުރަން ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން އިއްޔެ ވަނީ ފާސްކޮށްފަ އެވެ. އަކުރަމް އީސީގެ މެންބަރުކަމަށް ދެވަނަ ފަހަރަށް އައްޔަން ކުރީ މިދިޔަ މާޗްމަހުގެ ތެރޭގައި މަޖިލީހުގެ 72 މެންބަރުންގެ ވޯޓާ އެކު އެވެ.
ކިޔުންތެރިންގެ ހިޔާލު