ޙާލުގައި ޖެހިފައިވާ މަސް ދޯންޏެއް (ފޮޓޯ: އެމްއެންޑީއެފް)
ޙާލުގައި ޖެހިފައިވާ މަސް ދޯންޏެއް (ފޮޓޯ: އެމްއެންޑީއެފް)
މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއްގައި ހުރި މަސްވެރިޔަކަށް އަވަސް ފަރުވާ ދިނުމަށް މ. މުއްޔަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ އަވަސް ފަރުވާއަށް މ. މުއްޔަށް ގެންގޮސްފައިވަނީ، ވައްޓަފަރު ކައިރިން މަސްވެރިކަން ކުރަމުންދިޔަ "މޯހިރު" ދޯނީގައި ހުރި ދިވެހި ފަޅުވެރިއެއް ކަމަށެވެ. އަދި އޭނާއަށް ދިމާވި ކުއްލި ސިއްހީ މައްސަލަ އަކާއި ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އެހީތެރިކަމާއެކު، މިއަދު 9:50 ހާއިރު މ.މުލީ އަށް ގެންގޮސްދީފައިވާނެ ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.



އެމީހާއަށް ލިބިފައިވަނީ ކޮންކަހަލަ އަނިޔާއެއް ކަމެއް އަދި ސާފުވެފައެއް ނުވެއެވެ.

މަސްވެރިކަމަށް ނިކުމެ އުޅޭ ދޯނިފަހަރުގައި ތިބޭ މަސްވެރިންނަށް ދިމާވާ އެކިއެކި ސިއްޙީ މައްސަލަތަކާއި، އެހެނިހެން ޙާދިސާތަކުން މަސްވެރިން ރައްކާތެރިކޮށްދިނުމަށް އެމްއެންޑީއެފުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުން ގެންދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން