މިނިސްޓަރ އަޙްމަދު މަޙްލޫފް
މިނިސްޓަރ އަޙްމަދު މަޙްލޫފް
ރާއްޖޭގެ 104 ރަށެއްގައި ކުޑަކުދިންގެ ޕާކް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖެއްގައި މިނިސްޓަރ މަޙްލޫފް ވިދާޅުވީ، މިއަދު އަޅުގަނޑުމެން އުޅެން ޖެހިފައިމިވަނީ ވަރަށް ދަތިޙާލުގައި ކަމަށާއި، ކޯވިޑް-19 ގެ ޙާލަތު ނިމުމަކަށް އައުމުން ހުރިހާ ކުދިންވެސް ކުޅިވަރުގެ ޙަރަކާތްތަކުގައި ބައިވެރިކުރުމަށް ބެލެނިވެރިންގެ ފަރާތުން އެދިވަޠައިގަންނަވާ ކަމަށެވެ. އެގޮތުން މިހާރުވެސް 104 ރަށެއްގައި ޕާކް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަން މަޙްލޫފް ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެން މި މިނިސްޓްރީގެ މަސައްކަތާ ކުޑަކުދިންނާ ގުޅޭ ބައެއް ކަންކަމާ ވަރަށް ގުޅުން އެބަހުރި. މި މިނިސްޓްރީގެ ފަރާތުން މިހާރުވެސް 104 ރަށެއްގައި ކުޑަކުދިންގެ ޕާކްތައް ޤާއިމް ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން. ރާއްޖޭގެ އެކިއެކި ރަށްރަށުގައި މި ޕާކްތައް ތަރައްޤީވެގެން ދިޔައިމަ ކުޑަކުދިންނަށް ގޮސް އުފާވެރި މާޙައުލެއްގައި ހިތްހަމަޖެހިލައިގެން، ކުޅެލާ ހެދުމުގެ ފުރުސަތު މަގުފަހިވެގެން ދާނެ." މިނިސްޓަރ މަޙްލޫފް ވިދާޅުވިއެވެ.

ބެލެނިވެރިންވެސް މިކަމުން އަޅުގަނޑުމެންނަށް އަރައިގަނެވުމުން ވީހާވެސް އަވަހަކަށް އެކިއެކި ކުޅިވަރުތަކުގައި ކުދިން ބައިވެރިކޮށް އަދި ދުޅަހެޔޮ ޞިއްހަތެއްގައި ކުދިން ތިބުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މިނިސްޓަރ މަޙްލޫފް އެދިވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން