ބ. ފެހެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 60 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނީ 45.1 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން އެއްގަމުތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް އެތުރުމުގެ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށެވެ.
މި މަޝްރޫޢުގެ ދަށުން 43،500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމަށާއި, 214 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމަށް ހަމަޖެހިފައިވާއިރު, 130 މީޓަރުގެ ސަރަހަައްދެއްގައި ބޭރު ތޮށިލުމަށާއި 282 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އޭގެ އިތުރުން މަގުބައްތިއާއި ނެރުބައްތި ހަރުކުރުމުގެ މަަސައްކަތާއި 558 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމަކީ ވެސް މި މަޝްރޫޢުގައި ހިމެނޭ މަސައްކަތެއް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
އެމްޓީސީސީން މި މަޝްރޫޢު މޮބިލައިޒް ކޮށްފައިވަނީ 10 ނޮވެމްބަރ 2019 ގައެވެ.

ކިޔުންތެރިންގެ ހިޔާލު