މީހަކު ކުށެއް ކުރިޔަސް އަނިޔާކުރުމަކީ ގޯހެއް ކަމަށް ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މަޙްލޫފް މިގޮތަށް ވިދާޅުވީ، ދޯންޏަކަށް އަރައި ވައްކަންކުރި މީހަކު ބަރަހަނާކޮށް އޭނާއަށް އަނިޔާކުރާ މަންޒަރު ހިމެނޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ޢާއްމުވުމާ ގުޅިގެންނެވެ.
މިނިސްޓަރ ވިދާޅުވީ، ޖުމްލަކޮށް ކޮންމެ ދިވެހި އާއިލާއެއްގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ދަރިން އެބަތިބި ކަމަށާއި، އަދި މިއީ ގިނަ ފަހަރު ޢާއިލާއަށްވެސް އަދި މުޖުތަމަޢަށްވެސް ޙައްލުކުރަން އުނދަގޫ ވެފައިވާ މައްސަލައެއް ކަމަށެވެ.
"ނަމަވެސް އެމީހުން ކުށެއް ކުރީމަ އޮރިޔާންކޮށް ތަޅާ އަނިޔާކުރުން ކަނޑައެޅިގެން ގޯސް." މިނިސްޓަރ މަޙްލޫފް ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި ޢާއްމުވެފައިވާ ވީޑިއޯގައި އަނިޔާކުރި މީހުން އޭނާއާ ސުވާލުކުރަމުން ދިޔައީ ތިން ފޯނާއި ރުފިޔާތަކެއް ވަގަށް ނެގި ކަމަށް ބުނެއެވެ. އެކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ އެމައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

Jumlakoh komme dhivehi aailaaehga masthuvaathaketheege vabaagai jehifavaa dharin ebathibi.
— Ahmed Mahloof (@AhmedMahloof) November 22, 2020
Ginafaharu aailaa ahves adhi mujthamau ahves undhagoo massalaeh.
Namaves emeehun kusheh kureema oriyaankoh thalhaa aniyaa kuru kandaelhigen goas.
ސޯޝަލް މީޑިއާގައި ޢާއްމުވެފައިވާ ވީޑިއޯގައި އަނިޔާކުރި މީހުން އޭނާއާ ސުވާލުކުރަމުން ދިޔައީ ތިން ފޯނާއި ރުފިޔާތަކެއް ވަގަށް ނެގި ކަމަށް ބުނެއެވެ. އެކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ އެމައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު