ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކޮމިޓީ ކޮޓަރިތަކަކާއި އޮފީސްތަކެއް ބަގު ކުރުމަށް ފުލުހަކު އުޅުނު ކަމަށް މަޖިލީހުގެ ރައީސް، ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ކޮމިޓީ ކޮޓަރިއަކާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އޮފީހާއި މަޖިލީހުގެ ރައީސްގެ އޮފީސް ބަގު ކުރުމަށް އުޅުނު ކަމަށް ސާޖެންޓް އެޓް އާމްސް މައުލޫމާތު ދެއްވާފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ކޮޓަރިތައް ބަގް ކުރުމަށް، ފުލުހަކު ގުޅީ މަޖިލީހުގެ އަންހެން މުވައްޒަފަކަށް ކަމަށާއި، މަޖިލީހުގެ ސެކިއުރިޓީއަށް އެ މަޢުލޫމާތު ދިނީ އެ އަންހެން މުވައްޒަފު ކަމަށެވެ.

"ފުލުސްއޮފީހުގެ މިދެންނެވި ކުއްޖާ މިތަނުން ގުޅުއްވަމުން ގެންދެވީ މިތަނުގެ އަންހެން ސްޓާފަކާ. ދެން އެބޭފުޅާވެސް ވަރަށް ހަރުދަނާ ކަމާއެކީގައި މަޖިލިސްގެ އިދާރާއަށް އެކަން ކޮށްދެއްވީ. އަޅުގަނޑު އެބޭފުޅާއަށް ޝުކުރު ދަންނަވަން." ރައީސް ނަޝީދު ވިދާޅުވިއެވެ.

މިކަމުގައި ހަރަކާތްތެރިވީ ފުލުހެއްކަމަށް ވުމުން މި މައްސަލަ ފުލުސް އޮފީހަށް ހުށަހެޅުމަކީ އެއްވެސް ގޮތަކަށް ވިސްނުމުގައި ހުރި ކަމެއް ނޫންކަމަށާއި، އެކަން މަޖިލީހުގެ ކޮމިޓީއަކުން ބެލުމަކީ ބޭނުންތެރި ކަމެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ އެ މައްސަލަ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ގުޅޭ ކޮމިޓީއަށް ފޮނުއްވާނެކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން