އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި 8 އަހަރުގެ ޙުކުމެއް ތަންފީޒު ކުރަމުންދާ ޢަބްދުﷲ ޒިޔަތު އިސްތިއުނާފީ މައްސަލަ އަނބުރާ ގެންގޮސް އޭނާގެ މައްޗަށް ދަޢުލަތުންކުރާ އިތުރު 32 ދަޢުވާއަށް އިޢުތިރާފް ވެއްޖެއެވެ.
ޅ. މާބިންހުރާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމްއެމްޕީއާރުސީއަށް ދެއްކި ފަސް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި ދައުވާ ސާބިތުވެ މިހާރު ޒިޔަތު ގެންދަވަނީ އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ މައްސަލާގެ އިސްތިއުނާފު ހައިކޯޓުގައި ވެސް ކުރިއަށް ގެންގޮސްފައިވާއިރު އެ ކޯޓުން ވެސް ހުކުމްކުރީ ޒިޔަތަށް އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމް ރަނގަޅު ކަމަށެވެ.
ޒިޔަތުގެ އިސްތިއުނާފް އަޑުއެހުން މިއަދު ސުޕްރީމް ކޯޓުގައި ފެށުމާ އެކު، ފަނޑިޔާރު މުހައްމަދު އިބްރާހިމް ވިދާޅުވީ އިސްތިއުނާފް މައްސަލަ އަނބުރާ ގެންދެވުމަށް ޒިޔަތުގެ ފަރާތުން ސިޓީއެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި މައްސަލަ އަނބުރާ ގެންދަވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއާއެކު އެއްބަސްވުމެއް ހަދާފައިވާތީ ކަމަށްވެސް ސިޓީގައި ބުނެފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އެފަދަ ސިޓީއެއް ފޮނުވިންތޯ ފަނޑިޔާރު ސުވާލުކުރެއްވުމުން ޒިޔަތު ވަނީ ސިޓީ ފޮނުއްވި ކަމަށާއި، އެއީ އަމިއްލަ އިހްތިޔާރުގައި އެއްވެސް މަޖުބޫރުކަމެއް ނެތި ފޮނުއްވި ސިޓީއެއް ކަމާއި އޭގެ ނަތީޖާވެސް ރަނގަޅަށް އެނގޭ ކަމަށް ބުނެފައެވެ.
އެ މައްސަލާގެ ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުން ބުނީ އެމްއެމްޕީއާރްސީ ޚިޔާނާތާ ގުޅިގެން ޒިޔަތާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ 32 ދައުވާ އަށް އޭނާ އެއްބަސްވެ ކޮރަޕްޝަންގެ ތަހުގީގަށް އެއްބާރުލުން ދޭން ޕްލީ ބާގެއިން އެއްބަސްވުމެއް ހަދާފައިވާކަމަށެވެ. އެހެން ކަމުން މި މައްސަލައިގެ ދައުވާ އަނބުރާ ގެންދިއުމުގައި އިއުތިރާޒެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް، 1.3 ބިލިއަން ރުފިޔާ އަށް ޚިޔާނާތްވި މައްސަލައިގައި ކުރި ދައުވާތަކަށް އެއްބަސްވެ، ޚިޔާނާތުގައި ޒިޔަތާ އެކު އިސްކޮށް ހުރި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވެސް ވަނީ ދައުލަތާ އެކު އެއްބަސްވުމެއް ހަދައިފަ އެވެ. އޭގެ ދަށުން އަދީބަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
އަށް އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވީ ނަމަވެސް ހޯމް މިނިސްޓްރީ އަށް ލިބިދީފައިވާ ބާރުގެ ދަށުން އެ މިނިސްޓްރީގެ ނިންމުމަކަށް ޒިޔަތު ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހު ގޭބަންދަށް ބަދަލު ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު