މެމްބަރަކު މަޖިލީހުގެ ތަޅުމުގައި ނެތީސް، މެމްބުގެ ވޯޓިން ސިސްޓަމުން ވޯޓު ދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ދަނގެތީ ދާއިރާ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ތަޅުމުގައި ވަޑައިގެއް ނެތީސް ނާޒިމްގެ ވޯޓިން ސިސްޓަމް މެދުވެރިކޮށް ދެއްވި ވޯޓަކީ ތިނަދޫ ދެކުނު ދާއިރާ މެންބަރު އަބްދުﷲ ސަނީފު ހުށަހަޅުއްވާފައިވާ ޔޫޓިލިޓީސް އޮތޯރިޓީގެ ބިލުގެ ވޯޓެވެ. އެ ބިލަށް ނާޒިމް ވޯޓު ދެއްވި ނަމަވެސް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެބިލަށް ވޯޓަށް އެހި ވަގުތު ނާޒިމް ތަޅުމުގައި ނެތް ކަމަށެވެ.
އެހެންކަމުން އެބިލަށް ދެވަނަ ފަހަރަށް ވޯޓަށް އެހިއެވެ. އަދި އެ ވޯޓު ދެއްވީ ކޮން ބޭފުޅެއްކަން މަޖިލީހުގެ ރިޔާސަތަށް ވެސް ސާފެއް ނުވެއެވެ.
އެ މައްސަލަ އާއި ގުޅިގެން މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވަނީ އެއީ ސީރިއަސް މައްސަލައެއް ކަމަށް ވިދާޅުވެ އެ މައްސަލަ ސުލޫކީ ކޮމިޓީއަށް ފޮނުވުމަށް ގޮވާލާފައެވެ.
އީސަ އެކަމުގައި ތުހުމަތު ކުރެއްވީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގު އަށެވެ. އެހެން ނަމަވެސް ޠާރިޤު ވަނީ އެކަމަށް އިންކާރުކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު