އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބް ރައީސް އަހްމަދު އަކްރަމް
އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބް ރައީސް އަހްމަދު އަކްރަމް
އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސްގެ މަގާމުގައި ހުންނެވި އަހްމަދު އަކްރަމް އެމަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ނިންމާފައިވަނީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ނޫން ކަމަށާއި، ސުލޫކީ މައްސަލައެއްގައި ކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަންގެ މެންބަރު ކަމުން އަކްރަމް ވަކިކުރުމަށް ހުށަހެޅުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ނިންމުމާއި ގުޅިގެން އަކްރަމް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ރޮޒައިނާ ވިދާޅުވީ އަކްރަމް މަގާމުން ވަކިކުރުމަށް ނިންމީ ސުލޫކީ މައްސަލައެއްގައި ކަމަށެވެ. އެގޮތަށް ނިންމާފައިވަނީ ކޮމިޝަންގެ މުވައްޒަފުންނާއި ވާހަކަ ދެއްކުމުގައި ކޮމިޝަންގެ މެމްބަރަކު ހިފަހައްޓަން ޖެހޭ އަހުލާގީ މިންގަނޑު އަކްރަމް ހިފަހައްޓާފައި ނުވާ ކަމަށް ކޮމިޓީގެ މެމްބަރުންނަށް ގަބޫލުކުރެވޭތީ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.



އަކްރަމް މަގާމުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ އިތުބާރު ނެތި މިނިވަން މުއައްސަސާއެއްގެ މެމްބަރު ކަމުގެ ދެމިހުރުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ނުދެކޭތީ ކަމަށް ވިދާޅުވުމަށް ފަހުއެވެ.

އީސީގެ މެމްބަރު ކަމުގެ ދެވަނަ ދައުރަކަށް އަކްރަމް އައްޔަނުކުރީ މިދިޔަ މާޗް މަހުގެ ތެރޭގައެވެ. ހުސްވެފައިވާ އީސީގެ މެމްބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން މިއަދު ވަނީ ހުޅުވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން