ޖީ20 ސަމިޓް ނިންމާލުމަށްފަހު ސައުދީގެ ކްރައުން ޕްރިންސް، މުހައްމަދު ބިން ސަލްމާން ނޫސްވެރިންނާ ބައްދަލުކުރައްވަނީ.
ޖީ20 ސަމިޓް ނިންމާލުމަށްފަހު ސައުދީގެ ކްރައުން ޕްރިންސް، މުހައްމަދު ބިން ސަލްމާން ނޫސްވެރިންނާ ބައްދަލުކުރައްވަނީ.
ކޮވިޑަށް ތައްޔާރުކުރެވިފައިވާ ވެކްސިން ފޯރުކޮށްދިނުމަށް، ހަމަހަމަ ކަން އިސްކުރާނެ ކަމަށް ޖީ20ގެ އިއްތިހާދުގެ ގައުމުތަކުން ވައުދުވެއްޖެއެވެ.

ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކަށް ވެސް ކޮވިޑަށް ތައްޔާރުކުރެވިފައިވާ ވެކްސިނާއި، ޓެސްޓް ކިޓާއި ބޭސް، ހަމަހަމަކަމާއެކު ފޯރުކޮށްދެވޭނެކަމަށް ޖީ20 ގެ އިއްތިހާދުގެ ގައުމުތަކުން ހާމަކޮށްފައިވެއެވެ. މިއާއެކު ދުނިޔޭޣެ ހުރިހާ ގައުމުތަކަށް އަމާޒުކޮށް ހިންގޭ ޕްރޮޖެކްޓް "އެކްސެސް ޓު ކޮވިޑް-19 ޓޫލްސް" އަދި ވެކްސިންތައް ފޯރުކޮށްދޭ ކޯވެކްސް ގެ މަސައްކަތް ތަކަށް އެއްބާރުލުން ދިނުމަށް ޖީ20 ގެ އިއްތިހާދުގައި ހިމެނޭ ގައުމުތަކުން ވަނީ އެއްބަސްވެފައެވެ.

މީގެއިތުރުން، ކޮވިޑުގެ ބަލިމަޑުކަމުން ރައްކާތެރިވާން ބޭނުންވާ ރައްކާތެރި ވެކްސިނެއް ތައްޔާރުކޮށް، ދިރާސާކޮށް، އުފައްދައި، ވެކްސިން ފޯރުކޮށްދިނުމަށް ބޭނުންވާނޭ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ޖީ20 ގެ އިއްތިހާދުގެ ގައުމުތަކުން ވަނީ އެއްބަސްވެފައެވެ. މިގޮތުން މިއިން ކޮންމެ ވެކްސިނަކީ ދުނިޔޭގެ އެންމެންނަށްވެސް ލިބޭނޭ ވެކްސިނެއްގެގޮތުގައި ހަދައިދިނުމަށް ޖީ20 ގެ އިއްތިހާދުގެ ގައުމުތަކުން ވަނީ އެއްބަސްވެފައެވެ.
ޖީ20 ގެ ސަމިޓުގެ އެންމެ ފަހުގެ މިނިންމުންތަކުގައި ޖީ20 ގެ އިއްތިހާދުގެ ހުރިހާ ގައުމުތަކުންވެސް ވަނީ އެއްބަސްވެފައެވެ. މިއާއެކު ޖީ20 އިއްތިހާދުގެ ގައުމުތަކުން، ކޮވިޑުގެ ބަލިމަޑުކަމާ ހަނގުރާމަކުރުމަށް 21 ބިލިއަން ޑޮލަރުގެ މާލީއެހީތެރިކަން ފޯރުކޮށްދިނުމަށް ހުށައަޅާފައިވެއެވެ. މީގެ އިތުރުން ކޮވިޑުގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް 11 ޓްރިލިއަން ޑޮލަރު އެ އިއްތިހާދުން ވަނީ ކަނޑަ އަޅާފައެވެ. މިއީ އަދި މާލީގޮތުން ގޮންޖެހުންތައް ކުރިމަތިވެފައިވާ ގައުމުތަކުން ނަގާފައިވާ ލޯނުތައް ލުއިކޮށްދިނުމުގެ އިތުރުން އެއްބަސްވެފައި ހުރި މާލީ އެހީތެރިކަމެވެ.

ޖީ20 ގެ ސަމިޓް ނިންމައި، ޖީ20 ގެ އިއްތިހާދުގެ ގައުމުތަކުން އެއްބަސްވެފައިވާކަންކަން ހާމަކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު