ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް މީސް މީޑިއާގައި ދައުރުވާ ފޮޓޯއެއް
ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް މީސް މީޑިއާގައި ދައުރުވާ ފޮޓޯއެއް
ރުޤްޔާގެ ނަމުގައި ޖިންސީ އަނިޔާ ކުރި މައްސަލާގައި ދެ މީހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، މެދު ރާއްޖެ ތެރޭގެ ރަށެއްގައި އަންހެނަކާއި އޭނާގެ ތިން ދަރިންނަށް ޖިސްމާނީ އަދި ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން ދެ މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 24 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ ފިރިހެނެއް ކަމަށް ބުނެ އެވެ.

އެގޮތުން ރޭ 22:30 ގައި އުމުރުން 39 އަހަރުގެ މީހަކާއި، މިއަދު ހެނދުނު 9:51 ގައި 24 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

މުޖުތަމަޢުގައި އުފެދިފައިވާ މިފަދަ މައްސަލަތަކަށް ސަމާލުވެ ތިބުމަށާއި، ކުޑަކުދިންނާއި ގުޅޭ އެފަދަ މައްސަލަތައް ޖެންޑާ މިނިސްޓްރީއަށް ނުވަތަ ފުލުހުންނަށް ރިޕޯޓް ކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

މެދުރާއްޖެ ތެރޭގެ ރަށެއްގައި މިދިޔަ އޮގަސްޓް މަހުން ފެށިގެން ރުޤްޔާ ކުރުމުގެ ނަމުގައި މަންމައާއި ތިން ކުދިން ގޭތެރޭގައި ބަންދުކޮށް ތިން މަސް ދުވަސްވަންދެން ގެންގުނު މައްސަލައެއް ވަނީ މީޑިއާގެ ސަމާލުކަމަށް އައިސްފައެވެ. އެކަމާ ގުޅިގެން ޖެންޑަރ މިނިސްޓްރީން ބުނެފައިވަނީ އެ ރިޕޯޓުގައި ހިމެނޭ އަނިޔާ ލިބުނު ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އާއިލާއާއި އެކީ މަސައްކަތް ކުރަމުން ގެންދާކަމަށެވެ.

މި ހާދިސާގައި ހިމެނޭ އަންހެން މީހާއަށް އަނިޔާ ކުރުމުގައި ރުޤްޔާކުރާ މީހާގެ އިތުރުން އަންހެންމީހާގެ ފިރިމީހާވެސް ބައިވެރިވާކަމަށާއި، ރުގްޔާ ކުރަން އޭނާ އާއި ތިން ކުދިން ގޭގައި ބަންދުކޮށް އަނިޔާ ކުރުމުގެ އިތުރުން އެހެން މީހުންނާއި މުއާމަލާތް ނުކުރެވޭ ގޮތަށް ފޯނު އަތުލި ކަމަށްވެސް އަންހެން މީހާއާއި ޙަވާލާދީ މީޑިއާތަކުގައި ވަނީ ރިޕޯޓް ކޮށްފައެވެ.

މިކަން އެރަށު ޕޮލިސް ސްޓޭޝަނަށް ޙިއްސާކުރުމުންވެސް މާބޮޑު އެއްބާރުލުމެއް ނުލިބުނުކަމަށް އެ އަންހެން މީހާގެ ޢާއިލާއިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-2

މަ

27-Nov-2020

ތީ ކަމެއް ނޫން.. މާދަމާ ދޫކޮއްލާނެ.. 😡



ޓްރެންޑިން