ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރު ޑިސެމްބަރު ހަތް ވަނަ ދުވަހާއި ހަމައަށް ދިގު ދަންމާލަން ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޤަވާޢިދުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރު ހިނގާނީ އޮގަސްޓް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.
މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަށް ހުށަހެޅިފައިވާ ބަޖެޓްފަދަ މުހިންމު މަސައްކަތްތައް ނިންމުމަށްޓަކައި މަޖިލީހުގެ މިހިނގާ ތިން ވަނަ ދައުރު ޑިސެމްބަރު ހަތް ވަނަ ދުވަހާއި ހަމައަށް ދަންމާލުމަށް ނިންމާަފައިވާ ކަމަށެވެ. އަދި އެކަމަށް ވޯޓަށް އެހުން މިއަދު އޮންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ ގޮތުގައި ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅި ބަޖެޓަށް 134.9 މިލިއަން ރުފިޔާ އިތުރުކޮށް 34.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. އަދި ބަޖެޓް ޢާމްދަނީވެސް ވަނީ 17 ބިލިއަނުން 21 ބިލިއަނަށް އިތުރުކޮށްފައެވެ. އެއާއެކު ބަޖެޓް ޑެފިސިޓް ވަނީ 12.3 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ.
ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހަޅާފައިވަނީ 34.78 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ 15.5 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.

ކިޔުންތެރިންގެ ހިޔާލު