ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ޤާއިމްކުރި ދުވަސްކަމަށްވާ، 1953 ވަނަ އަހަރުން ފެށިގެން 17 ނޮވެންބަރު 2018 އަށް ރާއްޖޭގައި އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާއި ހިލާފަށް ކޮށްފައިވާ އަމަލުތައް ބެލޭނެ ގޮތަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ އިންތިގާލީ އިންސާފުގެ ބިލު ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފި އެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދެވެ. އެބިލް މަޖިލީހަށް ބަލައިގެންފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ 27 ވަނަ ދުވަހުއެވެ.
ސަރުކާރުން މަޖިލީހަށް ހުށައެޅި ބިލްގައިވަނީ، 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާއި ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި، ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ ބޮޑެތި އަމަލުތައް ބަލައި، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށްޓަކައި އެކުލަވާލަންޖެހޭ ޤާނޫނީ އޮނިގަނޑު އެކުލަވާލުމަށް ހުށައަޅާ ބިލެއް ކަމަށެވެ.
އެހެން ނަމަވެސް ކޮމިޓީން ބިލު ދިރާސާކުރުމަށް ފަހު ފާސްކޮށްފައިވަނީ 1953 ވަނަ އަހަރުން ފެށިގެން 17 ނޮވެންބަރު 2018 އަށް ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާއި ހިލާފަށް ހިންގާފައިވާ އަމަލުތައް ބެލޭނެ ގޮތަށެވެ. އެގޮތުން އެމުއްދަތުގައި ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސްވެރިޔަކު ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާއި ހިލާފަށް ހިންގާފައިވާ އަމަލުތައް ބެލޭގޮތަށް ބިލު އިސްލާހުކޮށްފައިވެ އެވެ.
މިބިލުގެ ދަށުން އެގޮތަށް ހުށަހެޅޭ މައްސަލަތައް ބެލުމަށް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްމަންގެ އޮފީހެއް އުފައްދައި، ތަހުޤީގު ނިންމާ ދައުވާ ކުރުމަށް ފޮނުވާ މައްސަލަތަކުގައި 15 ދުވަހުގެ ތެރޭގައި ދައުވާކުރުމާމެދު ޕީޖީން ގޮތެއް ނިންމަންޖެހެ އެވެ. އަދި 45 ދުވަހުގެ ތެރޭގައި އެފަދަ މައްސަލަތައް ކޯޓުން ނިންމާ ހުކުމް ކުރަންޖެހޭ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.
މި ޤާނޫނުގެ ދަށުން މާލީ ބަދަލާއި، ވަޒީފާ ގެއްލުމުގެ ސަބަބުން ލިބެންޖެހޭ މުސާރައާ އެއްވަރުގެ ބަދަލު ނަގައިދިނުމުގެ އިތުރުން ލިބިފައިވާ އަނިޔާއަށް ފަރުވާހޯދުމަށް ކުރި ޚަރަދުގެ ބަދަލުވެސް ނަގައިދެވޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު