ސަރުކާރުގެ ފެން ކުންފުނި (އެމްޑަބްލިޔުއެސްސީ)ގެ ހޮޅިއެއް ވަޅުލަން ކޮނުމަށް ފަހު ބުރި ކޮށްލާފައި އޮތް ކަރަންޓު ކޭބަލަކުން ކަރަންޓުގައި ޖެހި، މީހެއްގެ ހާލު ގޯސް ވެ ފަރުވާ ދޭން ފަށައިފިއެވެ.
އެނގިފައިވާ ގޮތުން، އެމްޑަބްލިއުއެސްސީގެ މަސައްކަތު މީހުން ހޮޅި އެއް ވަޅުލަން ކޮނެ ކަރަންޓް ކޭބަލެއް ބުރިކޮށްލާފައި އެއްވެސް ރައްކާތެރިކަމުގެ ފިޔަވަޅެއް ނާޅައި ދޫކޮށްލާފައި އޮތުމުގެ ސަބަބުން ކަރަންޓްގައި ޖެހި ހާލު ގޯސްވީ ގަލޮޅު ގެއެއްގައި ދިރިއުޅޭ ދިވެހި އަންހެނެކެވެ.
އޭނާއަށް ފަރުވާ ދެމުންދާކަން އައިޖީއެމްއެޗުން ކަށަވަރުކޮށްދީފައިވާއިރު އޭނާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ. އަދި މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ފުލުހުން ބުނީ ގަލޮޅުގެ ގެއެއްގައި މީހަކު ކަރަންޓުގައި ޖެހުނު މައްސަލައެއް އިއްޔެ މެންދުރު ފުލުހުންނަށް ހުށަހެޅި ކަމަށެވެ. ކަރަންޓުގައި ޖެހިފައިވަނީ 38 އަހަރުގެ ދިވެހި އަންހެނެއް ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލައިގައި ފެން ކުންފުނީގެ ބަހެއް ހޯދަންކުރި މަސައްކަތް އަދި ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު