އަބްދުﷲ ޖާބިރު / ފޮޓޯ: މަޖިލީހުގެ އިދާރާ
އަބްދުﷲ ޖާބިރު / ފޮޓޯ: މަޖިލީހުގެ އިދާރާ
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ ގޮނޑި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ދެއްވުމަށް އޭނާ މިއަދު އެދިވަޑައިގެންފިއެވެ.

ނިޒާމީ ނުކުތާއެއް ނަންގަވައި ވާހަކަ ދައްކަވަމުން، މިއަދުގެ ޖަލްސާގައި އައްޑޫބަހުން މެމްބަރު ޖާބިރު މިހެން ވިދާޅުވީ، މަރަދޫ ދާއިރާގެ މެމްބަރު މަޖިލީހުގެ ތަޅުމުން ބޭރުކުރުމާ ގުޅިގެނެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، ޝަރީފްގެ ނަން އިއްވާފައި ވަނީ މަޖިލިހުގެ ޖަލްސާ ފެށުމަށްފަހު މާގިނައިރުތަކެއް ނުވެއެވެ. މަޖިލިހުގެ ޖަލްސާ ފެށުނު ވަގުތު ޝަރީފާއި އިތުރު މެމްބަރަކު ހިތްހަމަނުޖެހުން އުފެދިގެން ޒުވާބު ކުރައްވާ އަޑު އިވުނު ނަމަވެސް އެ ދެ މެމްބަރުން ދެއްކެވި ވާހަކައެއް ސާފެއް ނުވެއެވެ.

އޭގެ އިރުކޮޅެއް ފަހުން ރައީސް ނަޝީދަށް އަމާޒުކޮށް ވެސް ޝަރީފް ވާހަކަތަކެއް ދެއްކެވިއެވެ. ނަމަވެސް ޝަރީފް ނުރުހުން ފާޅު ކުރެއްވީ ކޮން ސަބަބަކާއި ހުރެކަން އޭނާގެ އަޑު ސާފު ނުވާތީ އެނގޭ ވަރެއް ނުވެއެވެ.

ނަޝީދު ވަނީ ޝަރީފުގެ ނަން ތިން ފަހަރު އިއްވެވުމަށް ފަހު ނުކުމެވަޑައިގަންނަވަން އަންގަވައި އަދި ނުކުމެވަޑައި ނުގެންނެވުމުން ސާޖެންޓް އެޓް އާމްސް އަށް ޝަރީފް މަޖިލީހުން ނެރެދެއްވުމަށް އަންގަވައިފައެވެ.

މިކަމާ ގުޅިގެން، ޝަރީފް ކުރެއްވި ޓްވީޓެއްގެ ވިދާޅުވީ އޭނާ ހިތްހަމަޖެހިވަޑައިނުގަތީ ފުލުހުންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކާ ގުޅިގެން ކަމަށެވެ. ފުލުހުންގެ ގާނޫނަށް އެފަދަ އިސްލާހެއް ހުށަހަޅަނީ ފުލުހުންގެ ކިބައިން ބަދަލު ހިފަން ކަމަށް އޭނާ ސިފަ ކުރެއްވިއެވެ.

މިއަދު ޝަރީފު މަޖިލީހުން ނެރުނީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތާއި މެދު އުފެދުނު ޚިޔާލު ތަފާތުވުމުން ކަމަށް ނަޝީދު ވަނީ ފަހުން ވިދާޅުވެފައެވެ. އަދި ޚިލާފު އުފެދެނީ ހައްސާސް މައްސަލަތަކާ މެދު ބަހުސް ކުރާ އިރު އުފެދޭ ޚިޔާލު ތަފާތު ވުންތަކާ ގުޅިގެން ކަމަށާއި އެއީ މާޒީގައި އެތައް ބަޔަކަށް ލިބުނު ހިތްދަތިކަމަކާއި ގުޅޭ ވާހަކައަކަށްވުމުން އެއީ ވަރަށް ޖަޒުބާތީ ވާހަކަތަކެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން